logo
Bank of Maldives

Bank of Maldives

ޚަބަރު

ފަވަރައިން މިދިޔަ އަހަރު ދައުރުކުރި ފައިސާގެ އަދަދު ދެ ގުނައަށް އިތުރުވެއްޖެ

އެމްއެމްއޭ ހިންގާ އިމާރާތް
އެމްއެމްއޭ ހިންގާ އިމާރާތް

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފުކުރި "ފަވަރަ" ސިސްޓަމް މެދުވެރިކޮށް މިދިޔަ އަހަރު 51.4 ބިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް އެ އޮތޯރިޓީގެ ރިޕޯޓުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު ފަވަރައިން ޓްރާންސްފާކުރީ 23.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެންމެ އަހަރެއްގެ ތެރޭގައި 27.7 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ފަވަރައިގެ މުއާމަލާތްތަކަށް އައިސްފައިވެއެވެ. މިއީ ދެ ގުނައަށް ވުރެ ބޮޮޑު އިތުރުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

26 އޮގަސްޓް 2023 ގައި އިފުތިތާހުކުރި ފަވަރައިގެ ޚިދުމަތް މިހާރު ލިބެނީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ) އާއި މޮރިޝަސް ކޮމާޝަލް ބޭންކާއި ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް) އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަދި ދިރާގު ފިންޓެކް މެދުވެރިކޮށެވެ.

އެމްއެމްއޭ އިން އަންނަނީ ފަވަރަ މެދުވެރިކޮށް ހިންގާ ޑިޖިޓަލް މުއާމަލާތްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެމްއެމްއޭ އިން ވަނީ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމެންޓް ލިމިޑެޓާ އެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ބޭނުމަކީ އިންޑިއާގެ ޔުނިފައިޑް ޕޭމެންޓް އިންޓަފޭސް (ޔޫޕީއައި) އާއި ފަވަރަ ގުޅާލައި ދެގައުމުގެ ބޭންކްތައް މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ ގޮތް ހެދުމެވެ.

'ފަވަރަ' ސިސްޓަމް އަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކުގެ އިތުރުން ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، އެއްހަމައެއްގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.

މި ސިސްޓަމްގެ ދަށުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި

  • އިންސްޓަންޓް ޕޭމަންޓްސް
  • ރިކްއެސްޓް ޓު ޕޭ
  • ސްމާޓް އެޑްރެސިން
  • އެކައުންޓް ވެރިފިކޭޝަން

މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި ލިބިގަތުމުގެ ހިދުމަތް ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާ ކޮންމެ ރައްޔިތަކަށްވެސް މި ސިސްޓަމުން ލިބޭނެއެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، އައިޕީއެސްގައި ފުރަތަމަ ބައިވެރިވި ތި ބޭންކަކީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަވަރައިން މިދިޔަ އަހަރު ދައުރުކުރި ފައިސާގެ އަދަދު ދެ ގުނައަށް އިތުރުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންމޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ތައާރަފްކޮށް، މި އަހަރު 7 އެވޯޑެއް ދޭން ނިންމައިފިޚަބަރު | 3 ދުވަސް ކުރިންއެމްއެމްއޭ އިން ބާއްވާ "ފައިނޭންޝަލް އެކްސްޕޯ" އަންނަ ޖޫން މަހު ބާއްވަނީޚަބަރު | 3 ދުވަސް ކުރިންބޭނުން ކުރެވޭ ރިޒާވް އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއްޚަބަރު | 19 ދުވަސް ކުރިން