logo
Bank of Maldives

Bank of Maldives

ޚަބަރު

ހަންޓާ ވައިރަހުގެ ރިސްކު ރާއްޖެއަށް ވަރަށް ކުޑަ: އެޗްޕީއޭ

ހަންޓާ ވައިރަހުގެ ރިސްކު ރާއްޖެއަށް ވަރަށް ކުޑަ: އެޗްޕީއޭ

 

ދެކުނު އެމެރިކާ ސަރަހައްދުގެ ކްރޫޒް ލައިނަރަކުން ހަންޓާ ވައިރަސް ފެނުނު ނަމަވެސް، ރާއްޖެއަށް އެ ބަލީގެ ރިސްކު އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރަމުން އަންނަ ކްރޫޒް ލައިނަރަކުން ހަންޓާ ވައިރަސް ފެނުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް އެ ހާލަތު މޮނިޓާ ކުރަމުންދާ ކަމަށެވެ. އެ އެޖެންސީން ބުނި ގޮތުގައި މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭސްއެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި ކޮންޓެކްޓެއް ވެސް ފެނިފައެއް ނުވެއެވެ.

އެޗްޕީއޭއިން ބުނީ ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބެމުންދާ ވަރަކުން އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.

ހަންޓާ ވައިރަހަކީ މައިގަނޑު ގޮތެއްގައި މީދަލާއި އެ ފަދަ ޖަނަވާރުގެ ޒަރީއާއިން ފެތުރޭ ވައިރަހެކެވެ. އިންސާނުންނަށް މި ވައިރަސް ޖެހެނީ މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި ކުޅާއި ނަޖިހުގައި އަތްލެވިގެން ނުވަތަ ވައި ނުވަންނަ ބަންދު ތަންތަނުގައި ހުންނަ އެ ތަކެތީގެ ޕާޓިކަލްސް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ދިއުމުންނެވެ. ޑަބްލިޔުއެޗްއޯއިން ވަނީ ބައެއް ފަރާތްތަކަށް ނުރައްކާ ބޮޑުވި ނަމަވެސް އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑަ ކަމަށް ކަނޑައަޅައިފައެވެ.

އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގެ ދަށުން ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ބަލި ފެތުރުން ހުއްޓުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަންޓާ ވައިރަހުގެ ރިސްކު ރާއްޖެއަށް ވަރަށް ކުޑަ: އެޗްޕީއޭޚަބަރު | ގަޑިއިރެއް ކުރިންއެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ޑެންގީ ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ފުރިހަމަވާނެ: އެޗްޕީއޭޚަބަރު | 2 ދުވަސް ކުރިންސަމާލުވޭ! ޑެންގޫގެ ނުރައްކަލުގެ ރަނގަބީލު ގަދަވަނީޚަބަރު | 3 ދުވަސް ކުރިންމާރިޗު، އެޕްރީލް ގައި އަރިދަފުސް ރޯގާ ޖެހިގެން 21،687 ކޭސް ރިޕޯޓްކުރިޚަބަރު | 10 ދުވަސް ކުރިން