logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގް "ކެފޭ" އެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި

މަސްތުވާތަކެތި ވިއްކާ މީހުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ޕޮލިސް
މަސްތުވާތަކެތި ވިއްކާ މީހުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާހުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.

ކްރިމިނަލް ކޯޓުން މި ތާރީޚީ އަމުރު ނެރެފައިވަނީ މާލޭގެ ހެންވޭރުގައި ހުންނަ "ހ. ގުންޒަރު" ބަންދުކުރުމަށެވެ. ކޯޓު އަމުރުގައިވާ ގޮތުން، 2026 މެއި 5 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެ ތަން ބަންދުކުރަން ޖެހެއެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރާ ތަންތަން ނުވަތަ "ޑްރަގް ކެފޭ" ތަކާ ދެކޮޅަށް ގާނޫނީ ގޮތުން އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެފަދަ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށް އަމަލުކުރަން ފަށާފައިވަނީ 2026 މާރިޗު 7 ގައެވެ.

ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ 5 އަހަރުގެ ޖަލު ހުކުމަކާއި، 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކުށެކެވެ. މީގެ އިތުރުން، އެފަދަ ތަނެއްގައި މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭކަން އެނގިހުރެ އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ކުށްވެރިވާނެ ކަމެކެވެ. މިފަދަ ފަރާތްތަކަށް ވެސް ގާނޫނުގައި ހަރުކަށި އަދަބުތައް ވަނީ ކަނޑައަޅާފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް ގައިދީއަކު ފިލުމުން ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންޑްރަގް "ކެފޭ" އެއް ބަންދުކުރުމަށް ކޯޓުން ތާރީޚީ އަމުރެއް ޚަބަރު | ގަޑިއިރެއް ކުރިން ބޭންކް އެކައުންޓްތައް "ކުއްޔަށް" ދިނުމުގެ ކުށް އިތުރުވަނީ, ސަމާލުވުމަށް ފުލުހުންގެ އިލްތިމާސްޚަބަރު | ގަޑިއިރެއް ކުރިންލޮނުޒިޔާރަތްމަގުގައި ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ހާދިސާއެއްގައި ގިނަ ޢަދަދެއްގެ ސައިކަލަށް ގެއްލުންވެއްޖެ ޚަބަރު | ދުވަހެއް ކުރިން