އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް ގައިދީއަކު ފިލުމުން ހައްޔަރުކޮށްފި
8 މޭ 2026 - 19:32
ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ފިލި ގައިދީއަކު، ފުލުހުން ކުރި މަސައްކަތުން އަލުން ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 މެއި 8 ވާ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

Ad by Hajj Corporation
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މި މީހާ ފިލާފައިވަނީ ސިއްހީ ބޭނުމަކަށްޓަކައި އެ ރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން ބުނީ، އެމީހާ ފިލި ކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށި ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން އޭނާ ހޯދައި، މިހާރު ވަނީ އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.


