logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިންނަށް 1.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިފްކޯގެ ބޯޓު ފުވައްމުލަކަށް ބަނދަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު -- ފޮޓޯ/ މިފްކޯ
މިފްކޯގެ ބޯޓު ފުވައްމުލަކަށް ބަނދަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު -- ފޮޓޯ/ މިފްކޯ

މިފްކޯ އިން މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 1،644،495 ރުފިޔާ އިއްޔެ ދޫކޮށްފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު ފައިސާ ދޫކޮށްފައި ވަނީ 30 ބޯޓަކަށެވެ. މީގެ އިތުރުން ކިއު ނަންބަރު 10 އަށް ވުރެ މަތީގައި ތިބި 5 ބޯޓަކަށް 5،180 ރުފިޔާ އަދި ކިއު ނަންބަރު 15 އަށް ވުރެ މަތީގައި ތިބި 9 ބޯޓަކަށް 52،350 ރުފިޔާ ދެއްކުމަށް ވެސް ހަމަޖެހިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކުންފުނިން ބުނި ގޮތުގައި ޖުމްލަ 26 ބޯޓަކަށް ދައްކަން ޖެހޭ 1،702،025 ރުފިޔާ ހުރި ކަމަށް ރެކޯޑުތަކުން ދައްކައެވެ.

ހުކުރު ދުވަހު ދެއްކި ފައިސާއަކީ މިމަހުގެ 6 ވަނަ ދުވަހު ކިރުވި މަހަށް ދޫކުރި ފައިސާއެވެ.

މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި އެ ކުންފުނިން އަންނަނީ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޫކުރަމުންނެވެ.

8 ޑިސެމްބަރު 2024އިން ފެށިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުވެވަޑައިގެންނެވި ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކައުންޓް ހުޅުވާފައިވާ މަސްދޯނިތަކުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީއަށް ކިރުވާ މަހަށްވާ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރަމުން ދެއެވެ.

މިފްކޯއިން ބުނީ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމާ ގުޅޭގޮތުން ރައީސް އިއުލާނުކުރެއްވި ގޮތަށް އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތަށް އެކަން ތަންފީޒު ކުރުމުގައި އެ ކުންފުނިން ދެމިއޮންނާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިފްކޯގެ މަސްފިހާރަތައް ހުކުރު ދުވަހު ވެސް ހުޅުވަނީޚަބަރު | 4 ދުވަސް ކުރިންކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިޚަބަރު | 22 ދުވަސް ކުރިން6 ޖޫން ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 2 މަސް ކުރިންމިފްކޯއަށް މިއަދު މަސް ގަންނަ އަގު 20ރ. އަށް ބޮޑުކޮށްފިޚަބަރު | 2 މަސް ކުރިން