logo
Bank of Maldives

Bank of Maldives

ޚަބަރު

ނޭވާ ހިއްލުމާ ގުޅޭގޮތުން މުޖުތަމަޢުދެކޭ ގޮތް ބަދަލުކުރަންޖެހޭ: ފަސްޓް ލޭޑީ

އައިޝަތު ނަޝާ
9 މޭ 2026 - 07:04
 ނޭވާ ހިއްލުމާއި ގުޅޭގޮތުން މުޖުތަމަޢުދެކޭ ގޮތް ބަދަލުކުރަންޖެހޭ:ފަސްޓް ލޭޑީ

ނޭވާ ހިއްލުމާއި ގުޅޭގޮތުން މުޖުތަމަޢުދެކޭ ގޮތް ބަދަލުކޮށް، އޯގާތެރި ނަޒަރަކުން ބަލާ، އަދި އިންހޭލާ ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން އޭގެ ބޭނުން ހިފަންޖެހޭ ކުދިންނާއި މީހުންނަށް ވިސްނައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ނޭވާ ހިއްލުމަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އާންމުވެފައިވާ ނޭވާލާ ނިޒާމުގެ ބައްޔެއްކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.

ވޯލްޑް އެސްތުމާ ޑޭ ނުވަތަ ނޭވާ ހިއްލުމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމާ ގުޅޭ ދުވަހާއި ގުޅިގެން އައިޖީއެމްއެޗްގައިވަނީ ސިމްޕޯޒިއަމްއެއް ބާއްވާފައެވެ. މިސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައިވަނީ ގިނަ ބަޔަކަށް އާންމު އަދި އާދައިގެ ކަމެއްގެ ގޮތުގައި ނޭވާލުން ވެފައިވީނަމަވެސް ބައެއް ފަރާތްތަކަށް އެއީ ތަކުލީފުބޮޑު ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ. ނޭވާލާ ހިއްލުމާއި ނޭވާލުމުގެ ނިޒާމާއި ގުޅުންހުރި ގިނަ ބަލިތަކަށް މަގުފަހިކުރުވާ އެއް ސަބަބަކީ، ވެށީގެ ތަޣައްޔަރުވުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަރުވާ ފުޅާވަމުންދާއިރު އަދިވެސް މިދާއިރާއިން ކުރަންޖެހޭ މުހިއްމުކަންކަން ހުރިކަން ފާހަގަކުރެއްވިއެވެ.

"މުޖުތަމަޢުގެ ކޮންމެ ކުއްޖަކީ ހުވަފެންދެކުމުގެ ޙައްގު އޮންނަ އަދި އެހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތް ކުއްޖެއްކަން ކަށަވަރުކުރަންޖެހޭ. ނޭވާ ހިއްލުމާއި ގުޅޭގޮތުން މުޖުތަމަޢުދެކޭ ގޮތް ބަދަލުކޮށް، އޯގާތެރި ނަޒަރަކުން ބަލާ، އިންހޭލާ ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން އޭގެ ބޭނުން ހިފަންޖެހޭ ކުދިންނާއި މީހުންނަށް ވިސްނައިދޭންވެސް ޖެހޭ." މެޑަމް ސާޖިދާ

ނޭވާ ހިއްލުމަކީ ރާއްޖޭގައިވެސް އާންމުކަމެއް ނަމަވެސް އެކަން ގިނަ މީހުންނަށް ދެނެނުގަނެވެނީ މުޖުތަމަޢުގައި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުންކަމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. އަދި އިންހޭލާ ބޭނުންކުރަންޖެހޭ ޙާލަތްތަކުގެ އިންހޭލާ ބޭނުންކުރުމަށް ޖެހިލުންވާވުން ހައްލުކޮށް ބައްޔާއި މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް އޯގާތެރި މުޖުތަމަޢެއް ބިނާކުރަން އެންމެންވެސް ގުޅިގެން މަސައްކަތްކުރުމަށް ސިއްޙީ ދާއިރާގެ ބޭފުޅުން އިލްތިމާސްކުރައްވައެވެ.

ދުނިޔޭގެ ނޭވާ ހިއްލުމުގެ ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ފަރުވާގައި އަދިވެސް ކޮންމެހެން ބޭނުންވާ އިންހޭލާއަށް އެންމެނަށް ވާޞިލުވެވުން މިޝިއާރެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންމުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި ޤައުމަށް ބާއްޖަވެރިކަން ގެނައުމަށް: ފަސްޓް ލޭޑީޚަބަރު | މަހެއް ކުރިންދަރަނބޫދޫ ފުޓްސަލް ދަނޑު މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފިޚަބަރު | 2 މަސް ކުރިން