logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރަނބޫދޫ ފުޓްސަލް ދަނޑު މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

އައިޝަތު ނަޝާ
7 ޖޫން 2026 - 13:22
ދަރަނބޫދޫ ފުޓްސަލް ދަނޑު މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފ. ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފިއެވެ. އެކަމަނާ މި ދަނޑު ހުޅުއްވައިދެއްވީ މިއަދު ހަވީރު އެރަށަށް ޒިޔާރަތް ކުރައްވާ، ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި އެކަމަނާގެ އަރިހުގައި ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީއާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޙަމީދު އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅެވުނު ފުޓްސަލް މެޗުގައި ބައްދަލުކުރި ދެ ޓީމަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އަދި އެކަމަނާ ވަނީ މި މެޗުގައި ބައްދަލުކުރި ފ. ނިލަންދޫ އާއި ދަރަނބޫދޫގެ ޢުމުރުން 12 އަހަރުން ދަށުގެ ދެ ޓީމުގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗު ބައްލަވާލައްވައި، ޓީމުތަކަށް ތަރުޙީބުދެއްވާފައެވެ. 1 – 0 ގެ ނަތީޖާއަކުން މި މެޗް ކާމިޔާބު ކުރީ ފ. ނިލަންދޫގެ ޢުމުރުން 12 އަހަރުން ދަށުގެ ޓީމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ހަވީރު ފ. ދަރަނބޫދޫއަށް ވަޑައިގަތުމުން އެ ރަށުން އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރަނބޫދޫ ފުޓްސަލް ދަނޑު މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިން މީސްމީޑިއާ ބޭން ކުރުން ވާނީ،ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅަކަށް: މެޑަމްޚަބަރު | 3 ދުވަސް ކުރިންދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ހިމާޔަތްކުރުމުގެ އަޒުމް އައުކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | 7 ދުވަސް ކުރިން މެޑަމް ސާޖިދާ ނަރުހުންގެ ދުވަހުގެ ބަހުސް ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިން