logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޖު މިޝަންއިން މިނާގެ އެންމެ ފަހުގެ އިންތިޒާމްތައް ބައްލަވާލައްވައިފި

އައިޝަތު ނަޝާ
9 މޭ 2026 - 07:11
ހައްޖު މިޝަންއިން މިނާގެ އެންމެ ފަހުގެ އިންތިޒާމްތައް ބައްލަވާލައްވައިފި

ހައްޖު މިޝަންގެ ޓީމުން މިނާގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.

ހައްޖު މިޝަންގެ ފަރާތުން މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނީ، ދިވެހި ހައްޖާޖީން މިނާގައި ތިބޭ ޓެންޓްތަކުގެ އެންމެފަހުގެ ތައްޔާރީތައް އެ މިޝަންގެ ޓީމުން ބަލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ދިވެހިން މިއަހަރުވެސް މިނާގައި ތިބޭނީ މިދިޔަ އަހަރުވެސް ތިބި ސަރަޙައްދުގައި ކަމަށާއި،ޓެންޓްތަކުގެ މަސައްކަތްތަށް ނިމި، މިހާރު ކުރަމުންދަނީ ވަސީލަތްތައް ގާއިމުކުރުމުގެ ފަހުގެ މަސައްކަތްތައް ކަމަށް އެ ޓީމުން މައުލޫމާތުދެއެވެ.އަދި އެއީ ދަތުރުފަތުރަށްވެސް ފަސޭހަ ސަރަޙައްދެއް ކަމަށާއި އަދި ހިލައުކުމަށް ދިއުމަށްވެސް ފަސޭހަ ސަރަހައްދެއް ކަން ވެސް ޓީމުން ފާހަގަކުރެއެވެ.

ހައްޖު މިޝަންއިން މިހާރު ވަނީ މިނާގެ އެންމެ ފަހުގެ އިންތިޒާމްތައް ކުރިއަށްދާގޮތް ބައްލަވާލަށްވާ، މުތައްވިފް ރަވާފް މިނާއާވެސް ބައްދަލުކުރައްވާފައި ކަމަށް ވެސް އެ ޓީމުން ބުނެފައިވެއެވެ.

ހައްޖު މިޝަންގައި ޖުމްލަ 10 މެންބަރަކު ހިމެނެއެވެ. މި މިޝަންގެ މި އަހަރުގެ ވެރިޔަކީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނަރަލް، އައްޝައިހް އިމްތިތާއު އައްބާސްއެވެ.

ހައްޖުވެރިންގެ ކަންކަން ވީހާ ވެސް ގާތުން ބެލުމަށް ސައުދީ އަރަބިއްޔާގައި ހަރަކާތްތެރިވާން ކޮންމެ އަހަރަކުވެސް ދާ ދިވެހި ހައްޖު މިޝަންގައި ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލް ޑޮކްޓަރަކާއި، ދީނީ އިލްމުވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.

ދިވެހި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖު މިޝަންއިން މިނާގެ އެންމެ ފަހުގެ އިންތިޒާމްތައް ބައްލަވާލައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންހައްޖުވެރިންގެ އެހީތެރިންނަށް ހާއްސަ ތަމްރީނުތަކެއް ދިނުމަށް ނިންމައިފިޚަބަރު | 7 ދުވަސް ކުރިންހައްޖަށްދާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފިޚަބަރު | 24 ދުވަސް ކުރިން"މިއީ އެންމެ ފެންވަރު ރަނގަޅު ހައްޖަށް ހެދުމަކީ އަމާޒެއް"ޚަބަރު | މަހެއް ކުރިން