logo
Bank of Maldives

Bank of Maldives

ރިޕޯޓް

ކުޑަކުދިންގެ ދުވަސް: ކުދިންނަށް މިއަދު ދެވޭ ތަރުބިއްޔަތަކީ މާދަމާގެ ޤައުމުގެ ތަޞްވީރު!

ކުޑަކުދިންގެ ދުވަސް: ކުދިންނަށް މިއަދު ދެވޭ ތަރުބިއްޔަތަކީ މާދަމާގެ ޤައުމުގެ ތަޞްވީރު!

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10ވަނަ ދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. ރާއްޖޭގައި ގައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރާން ފެށީ 1979 ވަނަ އަހަރުއެވެ. މިއީ ކުޑަކުދިންގެ ޙައްޤުތަކާއި، އެކުދިންގެ ރައްކާތެރިކަމާ މެދު ފުންކޮށް ވިސްނާލަން ލިބޭ ފުރުޞަތެކެވެ.

ޝައްކެއްނެތް، ކުޑަކުދިންނަކީ ޤައުމުގެ ބަގީޗާގައި ފޮޅޭ މާތަކެވެ. އެކުދިންނަށް ބޭނުންވަނީ ހަމައެކަނި އަސާސީ ޚިދުމަތްތަކެއް ނޫނެވެ. އެކުދިންނަށް ބޭނުންވަނީ ނަފްސާނީ ދުޅަހެޔޮކަމާއި، އޯގާތެރި ލޯތްބާއި، އިޙްތިރާމެވެ. ކޮންމެ ކުއްޖަކީވެސް އުފަންވީއްސުރެ ތަފާތު ހުނަރެއް ލިބިފައިވާ ކުއްޖެކެވެ. އެ ހުނަރުތައް ދެނެގަނެ، އެކުދިންނަށް ހިތްވަރު ދިނުމަކީ ބޮޑެތި މީހުންގެ ބޮލުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އެއް ކަމަކީ ކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި ރިވެތި ތަރުބިއްޔަތު ފޯރުކޮށްދިނުމެވެ. ތަޢުލީމަކީ ހަމައެކަނި ފޮތްތަކުން އުނގަންނައިއިދޭ ފިލާވަޅުތަކެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އަދަބުތަކާއި، އިޖުތިމާޢީ މިންގަނޑުތަކާއި، އަދި އިސްލާމީ ރިވެތި އުޞޫލުތައް ކުދިންގެ ހިތްތަކުގައި އަށަގަންނުވައިދިނުމެވެ. ކުދިންގެ އިޙްސާސްތައް އަޑުއެހުމާއި، އެކުދިން ދައްކާ ވާހަކަތަކަށް ވަގުތު ދިނުމަކީ އެކުދިންގެ ނަފްސަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ކުޑަކުދިންނަކީ ނުހަނު ނާޒުކު ބައެއްކަމުން، އެކުދިންނާ މުޢާމަލާތްކުރާއިރު މަޑުމައިތިރިކަމާއި އޯގާތެރިކަން އިސްކުރުމަކީ ވެސް އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.

ނަމަވެސް، މިއަދުގެ ހަގީގަތަކީ ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގޯނާގެ މައްސަލަތައް ހުރީ ކަންބޮޑުވާންޖެހޭ މިންވަރެއްގަ ކަމެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންމެ އަހަރަކުވެސް އެވްރެޖްކޮށް 2,000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކުރެވެއެވެ. މީގެ ތެރޭގައި ޖިންސީ ގޯނާ، ޖިސްމާނީ އަނިޔާ، އަދި އިހުމާލުވުމުގެ މައްސަލަތައް ހިމެނެއެވެ. އެންމެ ހިތްދަތި ކަމަކީ، ގިނަ ފަހަރަށް މިފަދަ އަނިޔާ ކުރިމަތިވަނީ ކުދިން އެންމެ އިތުބާރުކުރާ އާއިލާގެ ތެރެއިން، ނުވަތަ ގާތް މީހުންގެ ފަރާތުން ކަމަށްވުމެވެ.

މިއަދުގެ ޑިޖިޓަލް ޒަމާނުގައި ކުދިންނަށް އޮތް ނުރައްކާ ވަނީ އިތުރަށް ބޮޑުވެފައެވެ. ސައިބަރ ބުލީންގ އާއި އިންޓަނެޓްގެ ނޭދެވޭ އަސަރުތަކުން ކުދިން ސަލާމަތްކުރުމަކީ ބެލެނިވެރިންނާއި މުދައްރިސުންގެ ބޮޑު ޒިންމާއެކެވެ. ކުދިންގެ އިޙްސާސްތައް އަޑުއެހުމާއި، އެކުދިންނަށް އަމާން މާހައުލެއް ބިނާކޮށްދިނުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އޮތް ހަމައެކަނި މަގެވެ.

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ވަރުގަދަ ޤާނޫނުތަކެއް ހެދިފައިވީ ނަމަވެސް، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މަދުނުވުމަކީ ޤައުމީ ފެންވަރުގައި ބޮޑު ކަންބޮޑުވުމެކެވެ. ތަފާސްހިސާބުގެ އަދަދުތައް މަދުކުރެވޭނީ، މައްސަލަތައް ސިއްރު ނުކޮށް ރިޕޯޓްކުރުމާއެކު، ކުށްވެރިންނަށް ޙައްޤު އަދަބު ދެވިގެންނެވެ.

ކުޑަކުދިންނަކީ މާދަމާ މި ޤައުމުގެ ހުންގާނުގައި ހިފާނެ ޒުވާނުންނެވެ. އެކުދިންނަށް މިއަދު ދެވޭ ތަރުބިއްޔަތަކީ މާދަމާގެ ޤައުމުގެ ތަޞްވީރެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ އަޒުމަކަށް ވާންޖެހޭނީ ކޮންމެ ކުއްޖަކީވެސް ލޯބިލިބޭ، އަދި އަނިޔާއިން ރައްކާތެރިވެފައިވާ ކުއްޖަކަށް ހެދުމެވެ. މާދަމާގެ އުޖާލާކަން އޮތީ މިއަދުގެ ކުޑަކުދިންނަށް އަޅުގަނޑުމެން ކުރާ ޤަދަރެއްގެ މައްޗަށެވެ.

ކުޑަކުދިންގެ ދުވަހަކީ އަހަރަކު އެއްފަހަރު އަންނަ އުފާވެރި ދުވަހެއް ނަމަވެސް، ކުދިންނަށް ދޭންޖެހޭ ލޯތްބާއި ރައްކާތެރިކަމަކީ ކޮންމެ ދުވަހަކުވެސް ދޭންޖެހޭ އެއްޗެކެވެ. ކުދިންނަކީ ޤައުމުގެ އެންމެ އަގުބޮޑު ރައުސްމާލެވެ. އެހެންކަމުން، އެކުދިންގެ ހިނިތުންވުމާއި، އުފާވެރިކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަންޖެހެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެޔޮލަފާ ދަރީންތަކެއް ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްވާކަށް ނުޖެހޭނެ: މެޑަމް ސާޖިދާޚަބަރު | 3 ގަޑިއިރު ކުރިންކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންކުޑަކުދިންގެ ދުވަސް: ކުދިންނަށް މިއަދު ދެވޭ ތަރުބިއްޔަތަކީ މާދަމާގެ ޤައުމުގެ ތަޞްވީރު!ރިޕޯޓް | ދުވަހެއް ކުރިންއަހަރުމެންގެ ދަރީންނަކީ އަހަރުމެންގެ އުންމީދު؛ ގައުމުގެ "ހިތް": ރައީސްޚަބަރު | 6 މަސް ކުރިން