logo
Bank of Maldives

Bank of Maldives

ޚަބަރު

ހެޔޮލަފާ ދަރީންތަކެއް ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްވާކަށް ނުޖެހޭނެ: މެޑަމް ސާޖިދާ

މަރިޔަމް މާޙީ
10 މޭ 2026 - 05:13
ހެޔޮލަފާ ދަރީންތަކެއް ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްވާކަށް ނުޖެހޭނެ: މެޑަމް ސާޖިދާ

ރާއްޖޭގައި ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ހެޔޮލަފާ ދަރީންތަކެއް ހެދި ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްވާން ނުޖެހޭނެ ކަމަށެވެ. އަދި ކުޑަކުދީންނަށް އަޅައިލާ، އޯގާތެރިކަމާއެކު ޙިމާޔަތް ދެމުން ދާހައި ހިނދަކު، އެކުދިންގެ ކުރިމަގަށް ކުރާ އުންމީދުތައް ދާނީ ހަގީގަތަކަށް ވަމުން ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

މެޑަމް ސާޖިދާގެ މެސެޖުގައި ވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައެވެ. އަދި ކުދިން ބޮޑެތިވަމުން އަންނައިރު އެކުދިންނަށް ބޭނުންވާ ލޯތްބާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އެކަމަނާގެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރަމުންދާ ދުވަހެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އަނބިކަނބަލުން، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 7 ދުވަސް ކުރިންމުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރިންނަށް އެކަމަކު ލޭ ހަދިޔާ ކުރުމުގައި ކޮންމެ މީހަކަށްވެސް ދީލަތިވެވޭނެ: މެޑަމް ސާޖިދާޚަބަރު | 9 ދުވަސް ކުރިންރައީސްގެ ދެކަނބަލުން، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިޚަބަރު | 10 ދުވަސް ކުރިންކާބޯތަކެތީގެ ރައްކާތެރި އާދަތައް ކުރިއެރުވުމަށް އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ: ފަސްޓް ލޭޑީޚަބަރު | 17 ދުވަސް ކުރިން