logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ދެތަށްޓާއެކު އާސެނަލްގެ ޓްރޮފީ ޕެރޭޑް ކުރިޔަށް ގެންދިޔުމަށް ނިންމައި ތާޜީޚު ފައިނަލްކޮށްފި

އަބްދުﷲ ޣާނިމް
9 މޭ 2026 - 10:26
ދެތަށްޓާއެކު އާސެނަލްގެ ޓްރޮފީ ޕެރޭޑް ކުރިޔަށް ގެންދިޔުމަށް ނިންމައި ތާޜީޚު ފައިނަލްކޮށްފި

އާސެނަލް އިން މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފިނަމަވެސް، އިސްލިންގްޓަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާމިޔާބީގެ ބޮޑު ހަރަކާތްތައް ބުޑަޕެސްޓްގައި އޮންނަ ޔޫރަޕްގެ ފައިނަލް މެޗަށްފަހު، ޗެންޕިއަންސް ލީގުގެ ތަށި ލިބޭނެ ކަމަށްބަލައި އެތާރީކު ޖެހިގެން އޮންނަ ދުވަހު ދެތަށްޓާއެކު ޕެރޭޑް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ޕެރޭޑް ބޭއްވުމަށް ނިންމާފައިވަނީ މެއި މަހުގެ 30 ވާ ހޮނިހިރު ދުވަހު ހަންގޭރީގައި އޮންނަ ފައިނަލް މެޗުގެ އަނެއް ދުވަހުއެވެ.

މިއާއެކު ކްލަބުން ހަމައެކަނި ލީގު ތަށި ކާމިޔާބު ކުރި ނަމަވެސް، ސަޕޯޓަރުންނަށް އުފާފާޅުކުރުމުގެ ޕެރޭޑަށް އިންތިޒާރު ކުރަން ޖެހޭނީ ޔޫރަޕްގެ ފައިނަލް މެޗު ނިމެންދެނެވެ. ހުޅުވާލެވިފައިވާ ބަހެއްގައި ކުރިއަށްގެންދާ މި ޕެރޭޑް، އިސްލިންގްޓަން ޓައުން ހޯލާ ހަމައަށް ދަތުރުކުރާނެ ކަމަށް ބެލެވޭއިރު، މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު ނުވަތަ މެންދުރުގެ ވަގުތެއްގައެވެ. ރޭގަނޑުގެ ވަގުތެއްގައި ޕެރޭޑް ކުރިއަށް ނުގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ ޕެރޭޑް ކުރިއަށްދާނެ ވަކި ރޫޓެއް އަދި ރަސްމީކޮށް ކަށަވަރުވެފައި ނުވި ނަމަވެސް، މީގެ ދެ ސީޒަން ކުރިން އާސެނަލް އިން ރޭވި ޕެރޭޑްގެ ރޫޓަށް ބަލާއިރު، އެމިރޭޓްސް ސްޓޭޑިއަމުން ފަށައިގެން ޑްރޭޓަން ޕާކް، އައުބާޓް ޕާކް، ހައިބަރީ ގްރޯވް، ސެއިންޓް ޕޯލްސް ރޯޑް އަދި އަޕާސްޓްރީޓް މަގުން ގޮސް އަނބުރާ ސްޓޭޑިއަމަށް ދާ ގޮތަށް ވަނީ އޮތީ ރޭވިފައެވެ.

މި ހަރަކާތްތަކާ ގުޅިގެން ސަޕޯޓަރުންނަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ. މައިކަލް އާޓެޓާގެ ޓީމު ބުޑަޕެސްޓުން އެނބުރި އިންގްލެންޑަށް އަންނާނީ މެއި 31 ވާ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެހެންކަމުން، ބުޑަޕެސްޓަށް މެޗު ބަލަންދާ ސަޕޯޓަރުންނަށް ވެސް ޕެރޭޑްގައި ބައިވެރިވުމަށްޓަކައި ވަރަށް އަވަހަށް އެނބުރި ގައުމަށް އަންނަން މަޖުބޫރުވާނެއެވެ.

ނަމަވެސް، ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ އާންމުކޮށް މިފަދަ މެޗުތައް ފަށާ ރޭގަނޑު 8 ޖަހާއިރުގެ ބަދަލުގައި ހަވީރު 5 ޖަހާއިރު ކަމަށްވާތީ، ސަޕޯޓަރުންނަށް އެނބުރި އައުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެވެ. މި ހުރިހާ ހަރަކާތްތަކަށްފަހު، އާސެނަލްގެ ގިނަ ކުޅުންތެރިންތަކެއް ވޯލްޑް ކަޕަށް ތައްޔާރުވުމަށް އެ ކުޅުންތެރިންގެ ގައުމީ ޓީމުތަކާ ގުޅުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށްކުޅިވަރު | 7 ދުވަސް ކުރިންމުޅި ރާއްޖެ ސިއްސުވާލާވަރުގެ ރެކޯޑް ޕެރޭޑްއެއް ރާއްޖޭގައި ބޭއްވުމަށް އާސެނަލްގެ ސަޕޯޓަރުން ނިންމައިފިކުޅިވަރު | 16 ދުވަސް ކުރިން22 އަހަރުވީ ނެޓްފްލިކްސް ސީރީޒް ނިންމާލައި އާސެނަލް އިނގިރޭސި ލީގުކާމިޔާބުކޮށްފިކުޅިވަރު | 18 ދުވަސް ކުރިންއަނެއްކާވެސް ރެފްރީންގެ ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އާސެނަލް ހަނިގޮތަކަށް މޮޅުވެ ތަށްޓާއި އެންމެ ފިޔަވަޅަކާއި ގާތަށްކުޅިވަރު | 19 ދުވަސް ކުރިން