logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ފުރިހަމަކޮށްފި

މަރިޔަމް މާޙީ
9 މޭ 2026 - 14:53
އޮފަރޭޝަން ކުރަނގީގެ ތެރެއިން ބިދޭސީންތަކެއްގެ މަޢުލޫމާތުތަކެއް ނަގަނީ
އޮފަރޭޝަން ކުރަނގީގެ ތެރެއިން ބިދޭސީންތަކެއްގެ މަޢުލޫމާތުތަކެއް ނަގަނީ

ރާއްޖޭގައި ސައްޙަ ވޯކްޕާމިޓެއްގެ ދަށުން މަސައްކަތްކުރަމުންދާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު ނަގައި ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ވަނީ ނަގާ ނިމިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މި ސަރުކާރު ހަވާލުވިއިރު އޮތް ހާލަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، 17 ނޮވެމްބަރު 2023 ގައި މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ، ބާކީ ތިބި މީހުން ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން މިއަދުވެސް ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 4 ގަޑިއިރު ކުރިންތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ގޮތްހުސްވެފައި އޮންނަ ގައުމެއް ނޫން: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟ރިޕޯޓް | 8 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީޚަބަރު | 8 ގަޑިއިރު ކުރިން