logo
Bank of Maldives

Bank of Maldives

ޚަބަރު

ސިފަމާ ފަން ރަން 2026 ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

މަރިޔަމް މާޙީ
9 މޭ 2026 - 15:08
ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިއަދު ހަވީރު ބޭއްވި ސިފަމާ ފަން ރަންގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ---
ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިއަދު ހަވީރު ބޭއްވި ސިފަމާ ފަން ރަންގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ---

ސިފައިންގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) އިން އިންތިޒާމުކޮށްގެން ބޭއްވި "ސިފަމާ ފަން ރަން 2026" ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިއަދު ހަވީރު ބޭއްވި މި ދުވުން ޝަރަފްވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދުގެ ދެކަނބަލުންނާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، މެޑަމް ސާޖިދާ ވަނީ އަމަލީގޮތުން މި ދުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ސިފަމާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ އެކަމަނާއާ ޙަވާލުކޮށްދެއްވީ ސިފަމާގެ ޗެއަރޕާރސަން ޚަދީޖާ ޒީނާ ރިފްޢަތުއެވެ.

ސިފައިންގެ ޢާއިލާތަކާއި އާންމު ރައްޔިތުން ހިމެނޭހެން 1000 އަށްވުރެ ގިނަ މީހުން ބައިވެރިވި މި ދުވުމަށްފަހު، ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަހާ ގުޅުވައިގެން ޚާއްޞަ ކޭކެއް ފެޅުން ވެސް އޮތެވެ.

މިއީ ސިފަމާގެ ފަރާތުން މި ދުވުން ކުރިއަށް ގެންދިޔަ ދެވަނަ އަހަރެވެ. ސިފައިންގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) އަކީ ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ ޢާއިލާތަކުގެ ގުޅުން ބަދަހިކުރުމަށާއި މުހިންމު މަޤުސަދުތަކެއް ހާސިލުކުރުމަށް 2012 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މަދަނީ ޖަމްޢިއްޔާއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންމުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި ޤައުމަށް ބާއްޖަވެރިކަން ގެނައުމަށް: ފަސްޓް ލޭޑީޚަބަރު | މަހެއް ކުރިންދަރަނބޫދޫ ފުޓްސަލް ދަނޑު މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފިޚަބަރު | 2 މަސް ކުރިން