logo
E-Platinum
ދުނިޔެ

ިހިޒްބުﷲ އިން އިސްރާއިލް ސިފައިންނަށް "ބުރުކާން" މިސައިލުން ހަމަލާ ދީފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
13 އޮކްޓޯބަރު 2024 - 16:40
ހިޒްބުﷲ ގެ މުޖާހިދުން
ހިޒްބުﷲ ގެ މުޖާހިދުން

ހިޒްބުﷲ އިން އިސްރާއިލް ސިފައިންނަށް "ބުރުކާން" މިސައިލުން ހަމަލާ ދީފިއެވެ.

ހިޒްބުﷲއިން ބުނިގޮތުގައި މި ހަމާލާ އަމާޒުކޮށްފައިވަނީ އިސްރާއިލްގެ އަލްޝާބު އަދި ޝޯމެރާގެ ވަށައިގެންވާ ޒަރުއީތު އަދި ޚައްލެޓް ވާދީ ސަރަހައްދުތަކުގައި އެއްވެ އުޅުނު އިސްރާއިލްގެ އެލީޓް ފޯސްގެ ސިފައިންގެ ބައިގަނޑަކަަށް ކަމަށެވެ. މިހަމާލާގާއި އެ ސިފައިންނަށް ވަނީ ބޮޑެތި ޒަޚަމް ތަކެއް ލިިބިފައި ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.

ffd0d37f-78fc-4416-9bd0-4a355548f08e.jpg

ހިޒްބުﷲ އިން ހަމަލާ ދޭ މަންޒަރު

އާދީއްތަ ދުވަހުގެ ފަތިހު 5:30 ހާއިރު ހިޒްބުﷲއިން ދިން ހަމަލާގައި އެ ޖަމާއަތުން ބޭނުންކޮށްފައިވަނީ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ބުރުކާން" މިސައިލެވެ. ހިޒްބުﷲއިން ވަނީ އިންފެންޓްރީ ފޯސް ތަކަށާއި އުޅަނދުތަކަށް ގައިޑެޑް މިސައިލުން ހަމާލާދީފައެވެ. އަދި އެއްގަމުގެ މަގުން އެ ސަރަހައްދަށް ވަންނަން އުޅުނު ޔަހޫދީ ސިފައިންނަށް ގޮވާތަކެތި ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިއާއިއެކު ހިފާފާއިވާ ލުބުނާނުގެ ޝެބާ ފާމްސްގެ ޒަބްދީން ކޮށީގައި އިސްރާއިލުގެ ސިފައިން އެއްވެތިބި ތަނަކަށްވެސް ހިޒްބުﷲގެ މުޖާހިދުން ވަނީ މިސައިލް ލޯންޗާ ތަކުން ހަމަލާ ދީފައެވެ.

އިޒްރޭލުގެ އުތުރުގައި ހުންނަ ޒިވް ހޮސްޕިޓަލުގައި ވަނީީ ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅު އިތުރުކޮށްފައެވެ. ޒަރޫރީ ނޫން އޮޕަރޭޝަންތައް ހުއްޓާލަފައިވާކަމަށާއި، ބޭނުންވެއްޖެ ހިނދެއްގައި ލޭ ހަދިޔާ ކުރުމާ މެދު ވިސްނަން މުވައްޒަފުންނަށް އަންގާފައިވާ ކަމަށް އިސްރާއިލުގެ ބައެއް މަސްދަރުތަކުން ވަނީ ހާމަކޮށްފައެވެ. އަދި މެޓާނިޓީ ޔުނިޓުގައި އަލަށް އުފަންވާ ކުދިން ހިމެނޭ ގޮތަށް ހުރިހާ ބަލިމީހުން ވެސްވަނީ ބިމުގެ އަޑީއަށް ބަދަލުކޮށްފައެވެ.

undefined

ޒިވް ހޮސްޕޓަލްގައި ގެ ޑިރެކްޓަރު

ޒިވް މެޑިކަލް ސެންޓަރަކީ އެ ސަރަހައްދުގައި ހުރި ހަމައެކަނި ހޮސްޕިޓަލެވެ. އަދި ލުބުނާނާއި ސީރިއާއާ އިޒްރޭލުގެ ބޯޑަރުތަކާއި ހިފާފައިވާ ގޯލާން ހައިޓްސްއާ އެންމެ ކައިރީގައި ހުންނަ ހޮސްޕިޓަލަކީ ވެސް މިއީއެވެ. ހިޒްބުﷲ ގެ ހަމަލާތައް ވަރުގަދަވެފައިވާއިރު އީރާނުން ވެސް ވަނީ އިސްރާއިލުން ހަނގުރާމަ ކުރިއަށްގެންދާނަމަ ނުރައްކާތެރި ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. މެދުއިރުމަތީގައި މުޖާހިދުންގެ ބާރު ކަނޑުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން އިސްރާއީލަށް ހާސިލް ނުވާނެ ކަމަށް ހަމާސް ، ހިޒްބުﷲ އަދި އިރާގަށް ނިސްބަތްވާ މުޖާހިދުންގެ ޖަމާއަތްތަކުން ވަނީ ބުނެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާޢީލަށް އަމާންދީ ހަތިޔާރެއް ނުބަހައްޓާނަން - ޙިޒްބުاللهދުނިޔެ | 15 ގަޑިއިރު ކުރިންުޔަހޫދީންގެ ޙަމަލާތައް ހުއްޓާލުމުން ނޫނީ ހަތިޔާރެއް ނުބަހައްޓާނަން - ޙިޒްބުاللهWorld | 13 ދުވަސް ކުރިންހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ، ވަރުގަދަ ޙަމަލާއެއް ދޭނަން - ޙިޒްބުاللهޚަބަރު | މަހެއް ކުރިންިހިޒްބުﷲ އިން އިސްރާއިލް ސިފައިންނަށް "ބުރުކާން" މިސައިލުން ހަމަލާ ދީފިދުނިޔެ | 9 މަސް ކުރިން