logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާޢީލަށް އަމާންދީ ހަތިޔާރެއް ނުބަހައްޓާނަން - ޙިޒްބުالله

އަޙްމަދު ޒަލީފް
19 ޖުލައި 2025 - 14:33
އިސްރާޢީލަށް އަމާންދީ ހަތިޔާރެއް ނުބަހައްޓާނަން - ޙިޒްބުالله

އެމެރިކާއިން ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް، ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް ޙިޒްބުاللهން އަމާންދީ، ހަތިޔާރު ބެހެއްޓުމުގެ ވިސްނުމެއް ނުގެންގުޅޭކަމުގެ އިޝާރާތެއް، އެ ޖަމާޢަތުގެ އިސްވެރިޔާ، ނަޢީމް ޤާސިމް ދެއްވައިފިއެވެ.

"އިސްރާއީލަށް އަމާންދީ، ހަތިޔާރެއް ނުބަހައްޓާނަން. އިސްރާއީލުން އަހަރެމެންގެ ހަތިޔާރުތައް އަތުލުމުގެ ފުރުޞަތެއް ނުދޭނަން،" ވީޑިޔޯ މެސެޖެއްގައި އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާއްޞަ މަންދޫބު، ޓޮމް ބަރަކް ލުބުނާނުގެ އިސް އޮފިޝަލުންނާއެކު މަޝްވަރާތައް ފައްޓަވާފައިވާއިރު، އޭނާ މިދިޔަ ޖޫން މަހު ލުބުނާނަށް ކުރެއްވި ދަތުރުގެ ތެރެއިން ވަނީ، ހަތަރު މަސް ދުވަހުގެ ތެރޭގައި ޙިޒްބުﷲއިން ހަތިޔާރު ބަހައްޓައިފިނަމަ، ލުބުނާނުގެ ސަރަޙައްދުތަކުން ޔަހޫދީންގެ ނިރުބަވެރި ސިފައިން ފަހަތަށްޖެހި، ޢުދުވާނީ ޙަމަލާތައް ހުއްޓައިލާނެކަމަށް ހުށަހެޅުއްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އަހަރުގެ ތެރޭގައި ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެއެވެ. އެ ހަނގުރާމަ ނިމުމަކަށް އައީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ މެދުވެރިވެ ޤާއިމުކުރި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ޔަހޫދީ ފައުޖު ލުބުނާނުން ފޭބުމާއި ޙިޒްބުاللهގެ ހަނގުރާމަވެރިން ލީޠާނީ ކޯރުގެ އުތުރަށް ބަދަލުކުރުމަށް ޝަރުތުކޮށްފައިވެއެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޔަހޫދީންގެ ޢުދުވާނުތައް އަނެއްކާވެސް ފުޅާކުރުމުގެ ފުރުޞަތު އޮތް ނަމަވެސް، އެމެރިކާގެ މި ހުށަހެޅުމުގެ ސަބަބުން، ލުބުނާނުގެ ސަރަޙައްދުތަކުން ޔަހޫދީންގެ ފައުޖުތައް ފޭބުމުގެ ފުރުޞަތު ވެސް ލިބޭ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންނަށް ރައްދުދިނުމަކީ ޙިޒްބުﷲ އަށް ލިބިފައިވާ ޙައްޤެއް: ޙިޒްބުﷲގެ ލީޑަރުދުނިޔެ | 2 ދުވަސް ކުރިންއިސްރާއީލުން އަނެއްކާވެސް ލުބްނާންގެ ޢާންމު ރައްޔިތުން ތަކަކަށް ޙަމަލާދީފިދުނިޔެ | 24 ދުވަސް ކުރިންއިސްރާޢީލަށް އަމާންދީ ހަތިޔާރެއް ނުބަހައްޓާނަން - ޙިޒްބުاللهދުނިޔެ | 4 މަސް ކުރިންުޔަހޫދީންގެ ޙަމަލާތައް ހުއްޓާލުމުން ނޫނީ ހަތިޔާރެއް ނުބަހައްޓާނަން - ޙިޒްބުاللهWorld | 5 މަސް ކުރިން