logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެލް ކްލެސިކޯގެ ކުޑަވަގުތުކޮޅެއް ކުރިން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ ބައްޕަ ނިޔާވެއްޖެ

އަބްދުﷲ ޣާނިމް
10 މޭ 2026 - 13:32
އެލް ކްލެސިކޯގެ ކުޑަވަގުތުކޮޅެއް ކުރިން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ ބައްޕަ ނިޔާވެއްޖެ

ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ 'އެލް ކްލަސިކޯ' މެޗުގެ ކުޑަވަގުތުކޮޅެއް ކުރިން، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ ބައްޕަ ނިޔާވެއްޖެއެވެ. މި ހިތާމަވެރި ޚަބަރު ބާސެލޯނާ ކްލަބުން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.

ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އެފްސީ ބާސެލޯނާ އަދި މުޅި ބްލައުގްރާނާ އާއިލާގެ ފަރާތުން ހަންސީ ފްލިކްގެ ބައްޕަ ނިޔާވުމާ ގުޅިގެން އޭނާއަށާއި އާއިލާއަށް ލޯތްބާއި ހަމްދަރުދީ ފޮނުވަން. މި ދަތި އުނދަގޫ ވަގުތުގައި އަޅުގަނޑުމެންގެ ދުޢާތައް ވަނީ ތިޔަ އާއިލާއާ އެކުގައި،" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓްތައް ބުނާގޮތުން ފްލިކްގެ ބައްޕަ ނިޔާވީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އަދި ފްލިކް ވަނީ މި ޚަބަރު މިއަދު ހެނދުނު ބާސެލޯނާގެ ކުޅުންތެރިންނަށާއި ބޯޑު މެންބަރުންނަށް ހިއްސާކޮށްފައެވެ. މިފަދަ ބޮޑު ހިތާމައެއް ކުރިމަތިވި ނަމަވެސް، މިރޭގެ މުހިންމު މެޗުގައި ބާސެލޯނާގެ ބެންޗުން ފްލިކް ފެންނާނެ ކަމަށް ބެލެވެއެވެ.

ނޯ ކޭމްޕްގައި ކުޅޭ މި މެޗަކީ ބާސެލޯނާއަށް ލީގު ތަށި ކަށަވަރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މިރޭގެ މެޗުން ބަލިނުވެ ސަލާމަތްވެއްޖެ ނަމަ ބާސެލޯނާއަށް ލަލީގާގެ ތަށި ކާމިޔާބު ކުރެވޭނެއެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި ބާސެލޯނާ އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކުގައެވެ.

މިރޭގެ މެޗަކީ ބާސެލޯނާގެ 29 ވަނަ ލީގު ތަށި ކާމިޔާބުކޮށް އުފާފާޅުކުރުމަށް ތައްޔާރުވަމުންދިޔަ ރެއެއް ނަމަވެސް، މެޗު ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން ލިބުނު މި ހިތާމަވެރި ޚަބަރާއެކު ގިނަ ބަޔަކު ދަނީ ފްލިކްއަށް ހިތްވަރު ދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލް ކްލެސިކޯގެ ކުޑަވަގުތުކޮޅެއް ކުރިން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ ބައްޕަ ނިޔާވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންއޮސަސޫނާ އަތުން މޮޅުވެ ބާސެލޯނާއިން ކުރިޔަށް އޮތް އެލްކްލެސިކޯއިން މޯޅުވެގެން ތަށި ހޯދުމުގެ ފުރުސަތުހޯދައިފިކުޅިވަރު | 7 ދުވަސް ކުރިންގެޓާފޭ ބަލިކޮށް ބާސެލޯނާއިން ލަލީގާ ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފިކުޅިވަރު | 14 ދުވަސް ކުރިންފަހުވަގުތު ބައިކޮޅަށްވަތްގޯލާއެކު ރެއާލް މެޑްރިޑުން ލަލީގާ ތަބަކަށްލާފައި ބާސާއަށްދީފިކުޅިވަރު | 15 ދުވަސް ކުރިން