logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތަށްޓަށް އެލާޖިކް އެމްބާއްޕޭ ނުހިމަނައި ރެއާލް އެލްކްލެސިކޯ އަށް ނިކުންނަނީ

އަބްދުﷲ ޣާނިމް
10 މޭ 2026 - 13:42
ތަށްޓަށް އެލާޖިކް އެމްބާއްޕޭ ނުހިމަނައި ރެއާލް އެލްކްލެސިކޯ އަށް ނިކުންނަނީ

ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅޭ މުހިންމު މެޗަށް ނެގި ސްކޮޑުން ކީލިއަން އެމްބާޕޭ ބާކީކޮށްފިއެވެ. ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ސްކޮޑުން ބާކީކޮށްފައިވަނީ އަނިޔާއަށްފަހު ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވެފައި ވަނިކޮށެވެ.

ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ރެއާލް މެޑްރިޑުން އިއުލާންކުރި 21 ކުޅުންތެރިންގެ ސްކޮޑުގައި އެމްބާޕޭގެ ނަން ނެތްއިރު، މިއީ ހޮނިހިރު ދުވަހުގެ ފަރިތަކުރުންތަކުގައި އޭނާ ފެނުމުން އުންމީދު ކުރި ގޮތާ ހިލާފު ނިންމުމެކެވެ. ދެ ހަފުތާ ކުރިން ހޭމްސްޓްރިންގަށް ލިބުނު އަނިޔާއިން އޭނާ ރަނގަޅުވި ކަމަށް ބެލެވުނު ނަމަވެސް، ކޯޗު ނިންމީ އޭނާ ނުލައި މެޗަށް ދިއުމަށެވެ. މިރޭގެ މެޗުގައި ރެއާލްގެ ކުރިބަލަހައްޓާނީ ވިނީޝިއަސް ޖޫނިއާ އާއި ބްރަހީމް ޑިއާޒްގެ އިތުރުން ގޮންޒާލޯ ޓޮރޭޒް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗަށް ނުކުންނައިރު ބާސެލޯނާ އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. މިރޭގެ މެޗުން މޮޅުވެގެން ބާސެލޯނާއަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެއެވެ. އަދި ބާކީ ހުރި ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ 100 ޕޮއިންޓުގެ ރެކޯޑާ އެއްވަރު ކުރުމުގެ ފުރުސަތުވެސް އެޓީމަށް އެބައޮތެވެ.

އެމްބާޕޭ އަނިޔާގައި ހުރި ދުވަސްވަރު ސާޑީނިއާގައި ޗުއްޓީ ހޭދަކުރުމުން ސަޕޯޓަރުންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. ރެއާލްގެ ކޯޗު އަލްވާރޯ އަރްބެލޯއާ ވިދާޅުވީ "ރެއާލް މެޑްރިޑަކީ ސޫޓުލައިގެން ތިބޭ ކުޅުންތެރިން ބިނާކުރި ކްލަބެއް ނޫން ކަމަށާއި، އެއީ ދަލާއި ކަސިޔާރުން ފޯވެފައި ތިބެ މެޗު ނިންމާލާ ކުޅުންތެރިންގެ ކްލަބެއް" ކަމަށެވެ. މިއީ ކުޅުންތެރިންގެ ކިބައިން އިތުރު ގުރުބާނީއަކަށް ކޯޗު އެދޭކަމުގެ އިޝާރާތެއް ކަމަށް ބެލެވެއެވެ.

މި މެޗުގައި ނުކުޅުނު ނަމަވެސް، ޖޫން މަހު ފަށާ ވޯލްޑް ކަޕަށް އެމްބާޕޭ ފިޓްވާނެ ކަމަށް ބެލެވެއެވެ. ފްރާންސް ޓީމުން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސެނެގާލްއާ ދެކޮޅަށް ނުކުންނާނީ ޖޫން 16 ގައެވެ. އޭގެ ކުރިން އައިވަރީ ކޯސްޓާއި ނޮދަން އަޔަލޭންޑާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައިވެސް އޭނާ ފެނުމުގެ ފުރުސަތު ބޮޑެވެ.
ރެއާލް ޗެންޕިއަންސް ލީގު ނެގި ސީޒަންޖެހިގެން އައި ސީޒަނުގައި އެޓީމާއި ގުޅުނު އެމްބާއްޕޭ ރެއާލް އާއި ގުޅުނުފަހުން ފާއިތުވެދިޔަ 2 އަހަރުތެރޭގައި އެޓީމަށް މައިގަނޑު އެއްވެސް ތަށްޓެއް ލިބިފައިނުވާއިރު، އެމްބާއްޕޭ މިފަހަކަށް އައިސް ފާހަގަވެގެންދަނީ ތަށްޓަށް އެލާޖިކް ކުޅުންތެރިއެއްގެގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަށްޓަށް އެލާޖިކް އެމްބާއްޕޭ ނުހިމަނައި ރެއާލް އެލްކްލެސިކޯ އަށް ނިކުންނަނީކުޅިވަރު | 2 ގަޑިއިރު ކުރިންއެމްބައްޕޭ އިންޖެކްޝަން ޖަހައިގެންވެސް ރެއާލްއަށް ސަލާމަތެއް ނުވެވުނު، ފްލިކް ގެ 4 ވަނަ ތަށި ބާސާއަށް ކާމިޔާބުކޮށްދީފިކުޅިވަރު | 4 މަސް ކުރިންރެއާލް މެޑްރިޑް ބަލިކޮށްފައި އުފާފާޅު ނުކުރަން ބާސާއިން ނިންމައިފިކުޅިވަރު | އަހަރެއް ކުރިންކޮޕަޑެލްރޭ ފައިނަލުގައި 11 އަހަރު ފަހުން އެލްކްލެސިކޯކުޅިވަރު | އަހަރެއް ކުރިން