logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލް މެޑްރިޑް ބަލިކޮށްފައި އުފާފާޅު ނުކުރަން ބާސާއިން ނިންމައިފި

އަބްދުﷲ ޣާނިމް
19 އޭޕްރީލު 2025 - 06:27
ސްޕެނިސް ސުޕަރ ކަޕް ފައިނަލުގައި ރެއާލް ބަލިކުރުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ގޯލް
ސްޕެނިސް ސުޕަރ ކަޕް ފައިނަލުގައި ރެއާލް ބަލިކުރުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ގޯލް

ބާސެލޯނާގެ ކޯޗް ހާންސީ ފްލިކް ވިދާޅުވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކުޅެވޭ ކޯޕާ ޑެލް ރޭގެ ފައިނަލްގައި ރިއަލް މެޑްރިޑް ބަލިކޮށް މުބާރާތް ކާމިޔާބުކުރިޔަސް އެކަން ބޮޑަށް ފާހަގަކުރުމުގެ ޕްރޮގްރާމްތަކެއް ނުބޭއްވޭނެ ކަމަށެވެ.

މުންޑޯ ޑިޕޯޓިވޯއިން ރިޕޯޓުކުރި ގޮތުގައި ފްލިކް މިގޮތަށް ނިންމެވި ސަބަބަކީ ކޯޕާ ޑެލް ރޭގެ ފައިނަލް ކުޅުމަށްފަހު ހަމައެކަނި ހަތަރު ދުވަހުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އިންޓަރ މިލާނާ ދެކޮޅަށް ކުޅެން ޖެހޭތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފްލިކްގެ އިރުޝާދުގެ ދަށުން، ސެވިއްޔާގައި ކުޅޭ ފައިނަލް މެޗް ކާމިޔާބުކޮށްފިނަމަ، ޓީމުގެ ފަރާތުން އެއްވެސް ބޮޑު ފާހަގަކުރުމެއް ނުބާއްވާ، ހަމައެކަނި ސެވިއްޔާގެ ހޮޓަލެއްގައި ޓީމުގެ ޑިނަރއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުންތެރިންގެ ހަކަތަ އެންމެ މުހިންމު މެޗަށް ރައްކާކުރުމަށް މަސައްކަތްކުރާ ފްލިކްގެ އަމާޒަކީ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމެވެ. އެސްޓަޑި އޮލިމްޕިކް ލުއިސް ކޮމްޕަނީސްގައި ކުޅޭ އިންޓަރ މިލާނާ ދެކޮޅު މެޗަށް ކުޅުންތެރިން ވީހާވެސް ތައްޔާރުކޮށް، ފޯމުގައި ބެހެއްޓުމަށް ކޯޗް ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިޔާ ކިލޯއެއް ހިފައިގެން އަލްވާރޭޒްގެ ސޮއި ހޯދަން ބާސެލޯނާއިން ކުރަމުންގެންދާ މަސައްކަތްތަކާއި ދެކޮޅަށް ގާނޫނީފިޔަވަޅުއަލަނީކުޅިވަރު | 2 ދުވަސް ކުރިންހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަހަރެން ދޫކޮށްލާ؛ ބާސާއަށް އަށް ދިޔުމަށް އަލްވަރޭޒް ރޮއި އާދޭސްކުރަނީކުޅިވަރު | 2 ދުވަސް ކުރިންމެސީ ލައިޓް އެންމެފަހުން ލަވަކިޔަން ފަށައިފިކުޅިވަރު | 5 ދުވަސް ކުރިންޓްރާންސްފަރ މާކެޓްގައި ރެއާލް މެޑްރިޑުން ބާސާ ބުލި ކުރަނީ! މިފަހަރު ކުކުރެލާ ރެއާލް މެޑްރިޑްއަށްކުޅިވަރު | 11 ދުވަސް ކުރިން