logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ބިޒްނަސް ޑައިލޮގް: ދެކުނުގެ އިޤްތިޞާދު ކުރިއެރުވުމަށް ބޭއްވޭ ތާރީޚީ ބައްދަލުވުމެއް

އައްޑޫ ބިޒްނަސް ޑައިލޮގް: ދެކުނުގެ އިޤްތިޞާދު ކުރިއެރުވުމަށް ބޭއްވޭ ތާރީޚީ ބައްދަލުވުމެއް

މެއި މަހުގެ 13 އަދި 14 ގައި އައްޑޫ ސިޓީގައި "އައްޑޫ ބިޒްނަސް ޑައިލޮގް" ގެ ނަމުގައި ރާއްޖޭގެ ވަކި ސަރަޙައްދަކަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ އިޤްތިޞާދީ ފޯރަމް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ފޯރަމަކީ ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާޢީ ދާއިރާތަކުގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އައްޑޫ އާއި ދެކުނުގެ ސަރަޙައްދުގެ މުސްތަޤުބަލާ މެދު މަޝްވަރާކުރާނެ މަންސައެކެވެ. ސަރުކާރުގެ ގިނަ ވުޒާރާތަކަކުން މި ފޯރަމްގައި ބައިވެރިވާއިރު، އޭގެ ތެރޭގައި ހޯމް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ކަމާ ގުޅުންހުރި އެހެން މުއައްސަސާތައް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފޯރަމާ ގުޅޭ ގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެފައި ވަނީ މިއީ ސިނާޢަތުގެ ބައިވެރިންނާ ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި ދެވޭނެ އިނާޔަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެއް ކަމަށެވެ.

އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް 2027 އިން 2029 އަށް ޚާއްޞަ ލުއިތަކެއް ދެއްވުމަށް ނިންމަވާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މި ފޯރަމްގައި ބައިވެރިވުމަށް އައްޑޫގެ ގިނަ ވިޔަފާރިތަކަކުން މިހާރު ވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށް ސަރުކާރުން ފަށާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން ބާއްވާ ފުރަތަމަ ޙަރަކާތެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އާބަން ސެންޓަރުތައް ޤާއިމުކޮށް ސަރަޙައްދީ ތަރައްޤީ ގެނައުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޭޕަލްގެ އިންޤިލާބީ ފެށުން: ދިވެހި ޒުވާނުންނާއި އަންހެނުންނަށް މާލީ މިނިވަންކަމުގެ އައު ދޮރެއް ހުޅުވިއްޖެޚަބަރު | 9 ދުވަސް ކުރިންރާއްޖެއަށް "ޕޭޕަލް" ގެ ހިދުމަތް ތައާރަފްކޮށްފިޚަބަރު | 10 ދުވަސް ކުރިންމިފްކޯގެ އައުޓްލެޓެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިވިޔަފާރި | މަހެއް ކުރިންއައްޑޫ ހިތަދޫ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓު އާންމުކޮށްފިޚަބަރު | މަހެއް ކުރިން