logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލް މެޑްރިޑްގެ ކޯޗުކަމާ މޮރީނޮއޯ ހަވާލުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާއި ގާތަށް

އަބްދުﷲ ޣާނިމް
11 މޭ 2026 - 23:50
ރެއާލް މެޑްރިޑްގެ ކޯޗުކަމާ މޮރީނޮއޯ ހަވާލުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާއި ގާތަށް

ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑާއި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯއާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށް އިތުބާރު ހުރި ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ކަށަވަރުކޮށްދީފިއެވެ.

ރޮމާނޯ އޭނާގެ ޔޫޓިއުބް ޗެނަލްގައި ވާހަކަ ދައްކަމުން ބުނީ، މޮރީނިއޯ އަލުން ރެއާލް މެޑްރިޑަށް އެނބުރި ދާން ބޭނުންވާ ކަމަށާއި، އެކަމާ ގުޅޭގޮތުން އޭނާ މިހާރުވެސް ކްލަބާއެކު ވާހަކަ ދައްކާފައިވާ ކަމަށެވެ. މި މަޝްވަރާތައް މިހާރު އޮތީ ވަރަށް ކުރިއަރާފައިވާ މަރުހަލާއެއްގައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ސްޕެއިންގެ މާކާ އަދި ދި އެތުލެޓިކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މޮރީނިއޯ މިހާރު ވަނީ ރެއާލް މެޑްރިޑަށް އެނބުރި ދިއުމަށްޓަކައި ކުރަންޖެހޭ ރޭވުންތައް ރާވަން ފަށާފައެވެ. މިއީ މޮރީނިއޯ އެ ކްލަބަށް އެނބުރި އައުމަށް ކުރާ އުންމީދުތައް އިތުރަށް ހާމަވެގެންދާ ކަމެކެވެ.

މި އަހަރުގެ ހޫނު މޫސުމަކީ ރެއާލް މެޑްރިޑަށް ވަރަށް މުހިންމު ދުވަސްވަރަކަށް ވާނެއެވެ. އެއީ އެ ޓީމުން މި ސީޒަންގައި އެއްވެސް ތައްޓެއް ނުލިބި ނިންމާލަން ޖެހުމާއި، ވާދަވެރި ބާސެލޯނާއިން ޖެހިޖެހިގެން ދެ ފަހަރު ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ދެވިފައިވާތީއެވެ. އެހެންކަމުން، ޓީމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރ ނިދާފައި ތިއްބާ ރެއާލްއިން ފުރުސަތުގެ ބޭނުންހިފައި މޮޅުވެއްޖެކުޅިވަރު | 3 ދުވަސް ކުރިންޕެނަލްޓީ ދީގެންވެސް މޮރީނިއޯގެ ރެއާލް މެޑްރިޑް އަށް ޕޮއިންޓެއް ނުލިބީ ސީޒަނުގެ ފުރަތަމަ ބަލިވެއްޖެކުޅިވަރު | 7 ދުވަސް ކުރިންޑްރަގް ބޮއެގެން ހޭބަލިވެގެން އުޅެނިކޮށް ރެއާލް މެޑްރިޑްގެ އެސެންސިއޯ މަގުމަތިން އަތުލައިގަނެފިކުޅިވަރު | 9 ދުވަސް ކުރިންއެމްބާއްޕޭގެ ހެޓްރިކާއެކު ރެއާލްގެ ދަނޑުގައި މޮރީނިއޯގެ ދެވަނަ ދައުރުފެށީ ގަދަކޮށްކުޅިވަރު | 16 ދުވަސް ކުރިން