logo
MPL

MPL

ކުޅިވަރު

ރެސްލިން މެޗުން ބަލިވި ކުޅުންތެރިޔާ ވިއްކާލަން ރެއާލް އިން މަސައްކަތް ކުރަނީ

އަބްދުﷲ ޣާނިމް
12 މޭ 2026 - 00:04
ރެސްލިން މެޗުން ބަލިވި ކުޅުންތެރިޔާ ވިއްކާލަން ރެއާލް އިން މަސައްކަތް ކުރަނީ

ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑްގެ ޑްރެސިން ރޫމްގެ ތެރޭގައި ނުތަނަވަސްކަން އުފެދި، އެ ކްލަބުގެ މުހިންމު ބައެއް ކުޅުންތެރިން ފެޑެރިކޯ ވަލްވާޑޭ މި ހޫނު މޫސުމުގައި ވިއްކާލުމަށް ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ވަލްވާޑޭ އާއި އައުރެލިއަން ޗުއަމެނީއާ ދެމެދު ދާދި ފަހުން ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. މި ހާދިސާގެ ސަބަބުން ކްލަބުގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދިފައިވާ ކަމަށާއި، ދާދި ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލް ކްލަސިކޯ މެޗުގައި ވަލްވާޑޭ ނުފެނުމުގެ އެއް ސަބަބަކީ ވެސް މިއީ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަލްވާޑޭއަކީ ރެއާލް މެޑްރިޑްގެ ކެޕްޓަނުންގެ ތެރޭގައި ހިމެނޭ، އަދި ސަޕޯޓަރުންގެ މެދުގައި ބޮޑު އިހުތިރާމެއް ލިބިފައިވާ ކުޅުންތެރިއެއް ނަމަވެސް، މި ހިނގި ކަންތައްތަކުގެ ސަބަބުން ޓީމުގެ ބައެއް ކުޅުންތެރިންގެ މެދުގައި އޭނާއަށް އޮތް ގަދަރު ވަނީ ކުޑަވެފައެވެ.

ކުރިން އަމިއްލަ މައްސަލައެއްގެ ގޮތުގައި ފެނުނު މި ހަމަނުޖެހުން މިހާރު ވަނީ މުޅި ކްލަބަށް އޮތް ބޮޑު ކަންބޮޑުވުމަކަށް ބަދަލުވެފައެވެ. މިކަމުގެ ސަބަބުން ޓީމުގެ އެއްބައިވަންތަކަމަށް އަސަރުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާއިން ރެފްރީންނަށް ރިޝްވަތުދިން މައްސަލައާއި ގުޅޭ 500އަށްވުރެ ގިނަ ޞަފްޙާގެހެކި ރެއާލް މެޑްރިޑުން ޔުއޭފާއަށް ހުށަހަޅައިފިކުޅިވަރު | 7 ދުވަސް ކުރިންބާސެލޯނާއިން އަބުރުގެ ދަޢުވާކުރުމަށް ރެއާލް މެޑްރިޑް ގޮވައިގެން ކޯޓަށްކުޅިވަރު | 9 ދުވަސް ކުރިންރެއާލް މެޑްރިޑްއާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ރެފްރީން ނިންމާފައިވާ ނިންމުންތަކަށް މާފަށްއެދި ރެފްރީ ސަސްޕެންޑްކުރަނީކުޅިވަރު | 17 ދުވަސް ކުރިންއަނެއްކާވެސް ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފިކުޅިވަރު | 18 ދުވަސް ކުރިން