logo
MPL

MPL

ޚަބަރު

މެޑަމް ސާޖިދާ ނަރުހުންގެ ދުވަހުގެ ބަހުސް ސެޝަން ޝަރަފުވެރިކޮށްދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
12 މޭ 2026 - 02:48
 މެޑަމް ސާޖިދާ ނަރުހުންގެ ދުވަހުގެ ބަހުސް ޝަރަފުވެރިކޮށްދެއްވައިފި

ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅުވައިގެން، ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒް އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަނުން އިންތިޒާމްކުރި ޚާއްޞަ ބަހުސް ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސް (އެފް.އެޗް.އެސް)ގައި ކުރިއަށްދިޔަ މި ބަހުސް ސެޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒްގެ ރައީސާ މަރިޔަމް ނިޔާން އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަންގެ ރައީސާ އާމިނަތު ޒީނިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަހުސްގެ މައުލޫއަކީ، "ދިވެހިރާއްޖޭގައި ނަރުސްކަމުގެ ދާއިރާއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތެވެ." މި މައުލޫއަށް ދެ ޓީމަކުން ބަހުސްކޮށްފައިވެއެވެ. އެގޮތުން ޓީމް-އޭއިން މައުލޫއާ އެއްކޮޅަށް ބަހުސްކުރިއިރު، ޓީމް-ބީއިން ބަހުސްކުރީ މައުލޫއާ ދެކޮޅަށެވެ.

މި ބަހުސްގައި ދިވެހިރާއްޖޭގައި ނަރސިންގްގެ ދާއިރާއިން ކުރިއަށް ދިއުމާ، މި ދާއިރާ އިތުރަށް ފުޅާކޮށް، އާ ފުރުސަތުތަކެއް ހޯދައިދިނުމުގެ މައްޗަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލެވިގެންދިޔައެވެ. މި ސެޝަންގައި ދާއިރާގެ ޢަމަލީ އަދި ޢިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއިރު، ދާއިރާގެ ގިނަ ޢަދަދެއްގެ ބޭފުޅުން ބަހުސް ބައްލަވާލެއްވުމަށް ވަޑައިގެންނެވިއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 12 ވަނަ ދުވަހެވެ. މި ދުވަހާ ގުޅުވައިގެން ރާއްޖޭގައިވެސް ތަފާތު އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''އުކާލާ ކުނި ގެއްލެނީއެއް ނޫން''، ފަސްޓް ލޭޑީ ދެއްވީ ދުނިޔެ ސިއްސުވާލި ވަރުގަދަ އިންޒާރެއްޚަބަރު | 42 މިނިޓު ކުރިންމިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | 3 ދުވަސް ކުރިންތަހުޒީބުވުމަށްޓަކައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރަންޖެހޭޚަބަރު | 3 ދުވަސް ކުރިންއިސްލާމީ ޔުނިވަރސީޓީން މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 98 ދަރިވަރުން ދަސްވެނިވެއްޖެޚަބަރު | 7 ދުވަސް ކުރިން