logo
MPL

MPL

ޚަބަރު

ކޯޓުގެ ޙުރުމަތް ކެނޑިކަން ސާބިތުވެ ދެ ނޫސްވެރިން ޖަލަށް

ކޯޓުގެ ޙުރުމަތް ކެނޑިކަން ސާބިތުވެ ދެ ނޫސްވެރިން ޖަލަށް

އޮންލައިން ނޫހަކުން އާންމު ކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތް ނިމެންދެން ވަކި ގޮތަކަށް އަމަލުކުރުމަށް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ މައްސަލަ ސާބިތުވެ ދެ ނޫސްވެރިން ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

ޖަލަށް ލާފައި ވަނީ ނޫސްވެރިޔާ ލީވާން އަލީ ނާސިރުއާއި މުހައްމަދު ޝަހުޒާނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލީވާން ޖަލަށް ލުމަށް ހުކުމް ކުރީ ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފަށް ޚަބަރު ލިޔުމަކީ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމަވައެވެ. އޭނާ 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިއަދުއެވެ.

ޝަހުޒާން ޖަލަށް ލުމަށް ހުކުމްކުރީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެގް އޯޑަރާ ޚިލާފުވެފައިވާކަން ސާބިތުވާތީއެވެ.

a1db8753-c141-41c7-95f9-c34d31c58e27.webp

ހުޅުމާލޭގައި ހުންނަ ކްރިމިނަލް ކޯޓުން ވަނީ އަދަދު ނޫހުން އާންމުކުރި ޑޮކިއުމެންޓްރީ ދައުރުކުރުމާއި، އޭގައި ހުރި ވާހަކަތައް ނުސީދާ ގޮތުންނާއި ސީދާ ގޮތުން ދެއްކުން މަނާކޮށް ހުރިހާ ރައްޔިތުންގެ މައްޗަށް އަމުރެއް ނުވަތަ ގެގް އޯޑަރެއް ނެރެފައެވެ.

އެ މައްސަލާގައި މިއަދު މެންދުރު 1:00 ގައި ޝަހުޒާން ކޯޓަށް ހާޒިރުވިއެވެ. އޭނާ އެދުނީ ވަކީލެއް ހަމަޖެއްސުމަށް އިތުރު މުއްދަތު ދިނުމަށެވެ. ނަމަވެސް، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ބެންޗުން ނިންމީ ޝަހުޒާނަށް ވަކީލެއް އައްޔަނުކުރަން ދެ ގަޑިއިރު ދިނުމަށެވެ. 

އެ މުއްދަތުގައި އޭނާއަށް ވަކީލެއް ހަމަޖެހިފައިނުވާއިރު ކޯޓުން ހުކުމް ކުރީ ޝަހުޒާން 15ގެ މުއްދަތަށް ޖަލަށްލުމަށެވެ. 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކަ ޚިޔާނާތް: ދީނާގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 9 ދުވަސް ކުރިންފުލުހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިންފޭސްބުކުގައި އަންހެނަކަށް ވެގެން މީހުންނަށް އޮޅުވަލާއިން ހަތްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދި ފިރިހެނަކު ޖަލަށްޚަބަރު | 2 މަސް ކުރިންމޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 4 މަސް ކުރިން