logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއިން ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

އައިޝަތު ނަޝާ
13 މޭ 2026 - 09:47
ރާއްޖެއިން ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި ބަލި ޖެހިފައިވާ ދެ މީހަކު މާލެ ސަރަހައްދުން ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މި ހަފުތާގެ ތެރޭގައި އެ ބައްޔަށް ދެ މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާ ގުޅިގެން އާއްމުކޮށް އަމަލުކުރާ އުސޫލުތަކުގެ މަތިން ކޭސް އިންވެސްޓިގޭޝަން ހަދައި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް މިހާރު ވެކްސިން ދޭން ފަށާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ:

° ހުން އައުން

° ހަމުގައި ރަތް ބިހިތަކެއް ނެގުން

° ކެއްސުން

° ނޭފަތުން އަރިދަފުސް ފޭބުން

° ލޯ ރަތްވުން

އެޗްޕީއޭއިން ބުނީ މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ފަސް ކޭސް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހުން ހިމެނެއެވެ.

މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް އެ ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފަ އެވެ.

އޭގެ ތެރެއިން ބަންގްލަދޭޝްގައި އިއްޔެއާ ހަމައަށް 7،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، 400 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ އިންޑިއާގައި ވެސް ހިމަބިހި ޖެހިގެން މި ދުވަސްވަރު ރިޕޯޓުކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލީ 2018 ވަނަ އަހަރުގައެވެ. އެކަމަކު އޭގެފަހުން، ވެސް ރާއްޖެ އިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެ އެވެ. އެގޮތުން 2020 ވަނަ އަހަރާއި 2023 ގެ ތެރޭގައި ވެސް އައްޑޫއިން ކުޑަކުއްޖަކު އެ ބައްޔަށް ޕޮޒިިޓިވްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެޚަބަރު | ގަޑިއިރެއް ކުރިންހަންޓާ ވައިރަހުގެ ރިސްކު ރާއްޖެއަށް ވަރަށް ކުޑަ: އެޗްޕީއޭޚަބަރު | 5 ދުވަސް ކުރިންއެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ޑެންގީ ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ފުރިހަމަވާނެ: އެޗްޕީއޭޚަބަރު | 7 ދުވަސް ކުރިންސަމާލުވޭ! ޑެންގޫގެ ނުރައްކަލުގެ ރަނގަބީލު ގަދަވަނީޚަބަރު | 8 ދުވަސް ކުރިން