logo
MPL

MPL

ޚަބަރު

ހިިމަބިހިން ރައްކާތެރިވުމަށް، މުޅި ރާއްޖެ އަށް އަމާޒުކޮށް ވެކްސިން ދެނީ

އަޙުމަދު ރިޝާން
28 ޖޫން 2026 - 05:51
ވެކްސިން ދެނީ: ހިމަބިހިޖެހޭ މީހުންގެ އަދަަދު ދަނީ ގިނަވަމުން
ވެކްސިން ދެނީ: ހިމަބިހިޖެހޭ މީހުންގެ އަދަަދު ދަނީ ގިނަވަމުން

 

ހިމަބިހިން ރައްކާތެރިވުމަށްޓަކައިދޭ "އެމް.އާރް" ވެކްސިން މުޅި ރާއްޖެ އަށް އަމާޒުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިއަދު ދޭން ފަށައިފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޕީއޭއިން ބުނީ ވެކްސިންދިނުމުގެ ހަރަކާތްތައް ކުރިޔަށް ގެންދަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި  18 އަހަރުން ދަށުގެ ކުދިންނަށެވެ. މި ފަރާތްތަކަށް ވެސްކްސިން ދިނުމަށް ނިންމާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަތޮޅުތެރޭގައި ވެކްސިން ދިނުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތުގެ ތަފްސީލު އެ މަރުކަޒަކުން ވަކިވަކިން އިއުލާން ކުރާނެ ކަމަށް ވެސް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.

ހިމަބިސް އަކީ ރާއްޖޭގައި ނައްތާލާފައިވާ ބައްޔެއް ނަމަވެސް މިއަހަރުގެ މެއި މަހުން ފެށިގެން ހިމަބިހި ޖެހޭ މީހުން ދަނީ ކޮންމެ ވެސް ވަރަކަށް ފެންނަމުންނެވެ. މިއަހަރުގެ މިހާތަނަށް 22 ފަރާތަކަށް ހިމަބިހި ޖެހިފައިވާކަން ފާހަގަ ކުރެވިފައިވެ އެވެ. އެޗްޕީއޭއިން ބުނީ އެކި އުމުރު ފުރައަށް ބަހާލައިގެން ކުރިޔަށް އޮތްތާ ވެސް ވެކްސިން ދިނުމުގެ ހަރާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަރުވާއަށް ދާ ކޮންމެ މީހަކު ދުންފަތް ބޭނުންކުރޭތޯ ސުވާލުކުރަން ޖެހޭނެޚަބަރު | 24 ދުވަސް ކުރިންހިތުގެ ދުވަސް: ހިލޭ ޓެސްޓުތަކާއި ސީޕީއާރު ތަމްރީނާއެކު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކޮށްފިޚަބަރު | މަހެއް ކުރިންހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނައުން މަޖުބޫރުޚަބަރު | މަހެއް ކުރިންދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ ތަކަށް ތިން މިލިޔަން ރުފިޔާ ދެނީޚަބަރު | 3 މަސް ކުރިން