ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ ތަކަށް ތިން މިލިޔަން ރުފިޔާ ދެނީ
15 އޯގަސްޓު 2026 - 11:35

ދުންފަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ދޫކުރުމާ ބެހޭ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.
ދުންފަތާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ މަދަނީ ޖަމުއިއްޔާތަކަށް މާލީ އެހީ ދިނުމުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާއިރު، މިއީ ޕަބްލިކް ހެލްތް ފަންޑުގެ ދަށުން ކޮންމެ އަހަރަކު 3 މިލިއަން ރުފިޔާ ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ވަރަށް މުހިންމު މަޝްރޫޢެކެވެ. މި އުސޫލުގެ ދަށުން އެހީ ދިނުމަށް ކަނޑައަޅާފައިވާ ތިން ގިންތީގެ ތެރޭގައި ވަކި ރަށަކަށް ނުވަތަ މުޖުތަމައަކަށް އަމާޒުކުރާ ހަރަކާތްތަކަށް 75،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއް، ރާއްޖޭގެ އެންމެނަށް އަމާޒުކޮށް ހިންގާ ހަރަކާތްތަކަށް 100،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދެއް، އަދި އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުގައި ހަރަކާތް ހިންގާނަމަ 300،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Ad by Hajj Corporation
- ދުންފަތުން ރައްކާތެރިވުމާއި ދުންފަތތުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުން.
- ދުންފަތުން ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ޒުވާނުން ބައިވެރިކުރުމާއި އެކަމަށް ޒުވާނުން ހޭލުންތެރިކަން އިތުރުކުރުން.
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ދުންފަތުގެ ދުން ނެތް މާހައުލެއް ބިނާކުރުމަށް މުޖުތަމައުގެ ފެންވަރުގައި ވަކާލާތުކުރުން.
- ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ދުންފަތާއި ނިކޮޓިން އެކުލެވޭ އުފެއްދުންތައް ބޭނުންކުރުން ހުއްޓުވުން.
- ގައުމީ ފެންވަރުގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭ އެހެނިހެން ހަރަކާތްތައް.
މި އެހީ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާތާ މަދުވެގެން އެއް އަހަރުވެފައިވާ، އަދި ދުންފަތުގެ ވިޔަފާރިއާ އެއްވެސް ގުޅުމެއް ނެތް މަދަނީ ޖަމުޢިއްޔާތަކަކަށް ވާންޖެހޭއިރު، ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް އެހީ ލިބޭނީ 70 މާކުހަށްވުރެ މަތިން މާކުސް ހޯދާ ފަރާތްތަކަށެވެ. އަދި މި ހުރިހާ މަސައްކަތްތަކެއް ބަލަހައްޓައި ޕްރޮޕޯސަލްތަކަށް މާކުސް ދިނުމަށްޓަކައި ހެލްތު މިނިސްޓަރު ވަނީ ހަތް މެންބަރުންގެ ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފަ އެވެ.

-01.jpg&w=3840&q=75)
