logo
MPL

MPL

ޚަބަރު

އެޗްޕީއޭގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފި

އައިޝަތު ނަޝާ
31 ޖުލައި 2026 - 17:47
 އެޗްޕީއޭގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފި އެވެ.

މިހާތަނަށް އެ އިދާރާއިން ޚިދުމަތް ދެމުން އައީ ސިއްޙީ ވުޒާރާ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގައެވެ. އެ އޮފީސް ބަދަލުކޮށްފައިވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް ތަރައްގީކޮށްފައިވާ މެންހެޓަން ގްރޭންޑް ހޮޓެލްސް އިމާރާތަށެވެ.

މެންހެޓަން ގްރޭންޑް ހޮޓަލަކީ، ވެމްކޯގެ ސައިޓާ ޖެހިގެން ތަރައްގީ ކޮށްފައިވާ އިމާރާތެވެ. މީޑިއާ ވިލެޖުވެސް ތަރައްގީ ކުރަމުންދަނީ، މި އިމާރާތުގައެވެ.

އެޗްޕީއޭއަކީ، މި އިމާރާތަށް ޚިދުމަތްތައް ބަދަލުކުރާ ފުރަތަމަ އިދާރާއެވެ. އެ އިދާރާއިން ބުނީ، މާދަމާއިން ފެށިގެން ހުރިހާ ޚިދުމަތެއްވެސް ދެމުންދާނީ އެ އެ އިމާރާތުގެ 2ވަނަ ފަންގިފިލާގައި ހުޅުވާފައިވާ އެޗްޕީއޭގެ އޮފީހުގެ ކައުންޓަރުން ކަމަށެވެ.

އެޗްޕީއޭއަކީ، ސިއްޙީ ޚިދުމަތްތަކުގެ ތެރެއިން އާންމު ސިއްޙަތުގެ ޚިދުމަތްތައް ދެމުންދާ އިދާރާއެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ގިންތިތަކުގެ ސިއްޙަތު ރައްކާތެރި ކުރުމަށް ބޭނުންވާ ޚިދުމަތްތައް ރާވައި ހިންގުމާއި، އާންމު ސިއްޙަތު ރައްކާތެރި ކުރުމުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާގުޅޭ މާހިރުންގެ އެހީއާއިއެކު އާންމު ސިއްޙަތުގެ ޕްރޮގްރާމްތައް އެ އިދާރާއިން އަންނަނީ ހިންގަމުންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަރުވާއަށް ދާ ކޮންމެ މީހަކު ދުންފަތް ބޭނުންކުރޭތޯ ސުވާލުކުރަން ޖެހޭނެޚަބަރު | 24 ދުވަސް ކުރިންހިތުގެ ދުވަސް: ހިލޭ ޓެސްޓުތަކާއި ސީޕީއާރު ތަމްރީނާއެކު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކޮށްފިޚަބަރު | މަހެއް ކުރިންހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނައުން މަޖުބޫރުޚަބަރު | މަހެއް ކުރިންދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ ތަކަށް ތިން މިލިޔަން ރުފިޔާ ދެނީޚަބަރު | 3 މަސް ކުރިން