ޕިކަޕު ދަށުވެ ނިޔާވީ އިންޑިއާ ރައްޔިތެއް!
އައިޝަތު ނަޝާ
14 މޭ 2026 - 05:39
.jpg&w=2048&q=75)
ރޭ ހައިވޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވީ އިންޑިއާއަށް ނިސްބަތްވާ ރައްޔިތެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މިޙާދިސާގައި ނިޔާވެފައިވަނީ 50 އަހަރުގެ ފިރިހެނެކެވެ.
ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން ހައިވޭގައި މިއެކްސިޑެންޓު ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭގައެވެ. މިއެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 22:12 ހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ.
މިއެކްސިޑެންޓު ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުންއައި ޕިކަޕެއްގެ ދަށުވެގެންކަމަށް ފުލުހުންވަނީ މައުލޫމާތުދެއެވެ.
މިއެކްސިޑެންޓު ފުލުހުން އަންނަނީ އިތުރަށް ތަޙުގީގުކުރަމުންނެވެ.

Ad by Hajj Corporation


