logo
ސިނަމާލެ ބުރިޖުގައި ޕިކަޕެއްގެ ދަށުވެ މީހަކު މަރުވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ހިލާފަށް ވިއްކަމުން ދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފި

އައިޝަތު ނަޝާ
14 މޭ 2026 - 05:48
ގަވާއިދާ ހިލާފަށް ވިއްކަމުން ދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފި

ވަގަށް ރާއްޖެ އެތެރެކޮށްގެން ވިއްކަމުން ގެންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ސިނގިރޭޓްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެކި ބުރޭންޑްތަކުގެ ސިނގިރޭޓް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރޭ ހިންގި އެ އޮޕަރޭޝަންގައި މާލެ، ގަލޮޅު ގެއަކާއި ހުޅުމާލެ ފޭސް 2 އަމާން ދޯދި އެޕާޓްމަންޓަކާއި، ވޭންއެއް ބަލައިފާސްކޮށް 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވައިކަމަށެވެ. މި މައްސަލާގައި ހިމެނޭ ވޭން ވަނީ ޓޯކޮށްފައެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަގަށް އެތެރެކޮށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގަނެފިޚަބަރު | 3 ގަޑިއިރު ކުރިންގަވާއިދާ ހިލާފަށް ވިއްކަމުން ދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފިޚަބަރު | 4 ގަޑިއިރު ކުރިންޕިކަޕު ދަށުވެ ނިޔާވީ އިންޑިއާ ރައްޔިތެއް!ޚަބަރު | 4 ގަޑިއިރު ކުރިންސިނަމާލެ ބުރިޖުގައި ޕިކަޕެއްގެ ދަށުވެ މީހަކު މަރުވެއްޖެޚަބަރު | 17 ގަޑިއިރު ކުރިން