logo
Bank of Maldives

Bank of Maldives

ޚަބަރު

ކާބޯތަކެތީގެ ޙިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްތަކުގެ މުއްދަތު އިތުރުކޮށްފި

މަރިޔަމް ޔަނާ އަލީ
27 އޯގަސްޓު 2024 - 05:27
މާފަންނު ފުޑް ކޯޓުތައް -- ފޮޓޯ/ ސަން
މާފަންނު ފުޑް ކޯޓުތައް -- ފޮޓޯ/ ސަން

ކާބޯތަކެތީގެ ޙިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްތަކުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ އާ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ އޮތޯރިޓީގައި ނުވަތަ އެހެން އިދާރާއެއްގައި ވެސް ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން އަލަށް ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ހޮޓަލާއި ކެފޭ އަދި ރެސްޓޯރެންޓް ކަހަލަ ތަންތަނުން ހިދުމަތަށް އެދި ހުށަހަޅާނީ "ވަންގަވް" މެދުވެރިކޮށް ކަމަށެވެ.

އަދި ކާބޯތަކެއްޗާއި ބޯފެން އުފައްދާ ކާރުހާނާތައް ރަޖިސްޓްރީކުރުން އަދި އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރުކުރާ މީހުން ދަފުތަރުކުރުން ކުރިއަށް ގެންދާނީ އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް "ދިރިތި" މެދުވެރިކޮށް ކަމަށް ވެސް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާނަމަ ފިޔަވަޅު އަަޅަނީޚަބަރު | 15 ގަޑިއިރު ކުރިންގެސްޓްހައުސްތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖީސްޓްރީ ކުރަން އަންގައިފިޚަބަރު | 12 ދުވަސް ކުރިންގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުންދިޔަ 25 ތަނެއް ބަންދުކޮށްފި ޚަބަރު | މަހެއް ކުރިންކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަނީ ޚަބަރު | 2 މަސް ކުރިން