logo
ސިނަމާލެ ބުރިޖުގައި ޕިކަޕެއްގެ ދަށުވެ މީހަކު މަރުވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ސީޝެލްސްގެ ފޮރިން މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް

އައިޝަތު އިނާޝާ
14 މޭ 2026 - 10:26
ސީޝެލްސްގެ ފޮރިން މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދަޢުވަތަކަށް، ރިޕަބްލިކް އޮފް ސީޝެލްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ، ބެރީ ފޯރ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިނިސްޓަރު ފޯރއަށް މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ފޮރިން މިނިސްޓްރީގެ އިސް ވެރިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށް ވުމާއެކު، މިއީ ރާއްޖެއާއި ސީޝެލްސްގެ ގުޅުމުގައި ފާހަގަކޮށްލެވޭ ތާރީޚީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ފޯރ، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ދަތުރުފުޅުން ރަމްޒުކޮށްދެނީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުމެވެ. އަދި ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (SIDS) ހައިސިއްޔަތުން، ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތް މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ހާމަވެގެންދާ ކަމަށް ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީޝެލްސްގެ ފޮރިން މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށްޚަބަރު | ގަޑިއިރެއް ކުރިންކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގައި ގައުމުތަކުގެ އެހީތެރިކަން ބޭނުންވޭ: އިރުތިޝާމްޚަބަރު | 3 ދުވަސް ކުރިންގައުމީ މަސްލަހަތަށް ބުރޫއަރާނެ ފަދަ ކަންކަމުގައި ވާހަކަދައްކަވާއިރު ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިޚަބަރު | 5 ދުވަސް ކުރިންރާއްޖެއިން ސްވިޑަން އަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު، މަޤާމުގެ ފަތްކޮޅު އަރުވައިފިޚަބަރު | މަހެއް ކުރިން