އާއިލާތަކުގެ ދުޅަހެޔޮކަމަށް ކުރާ މަސައްކަތަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް: މެޑަމް ސާޖިދާ
15 މޭ 2026 - 05:26

އާއިލާތަކުގެ ފުރިހަމަ ކުރިއެރުމާއި ދުޅަހެޔޮކަމަށް އިސްކަންދީގެން ކުރެވޭ މަސައްކަތްތަކަކީ، މާދަމާގެ ފާގަތި ދިވެހިރާއްޖޭގެ ބިންގާ އެޅުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މެޑަމް ސާޖިދާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާއިލާތަކަށް އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން އައު ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، އާއިލާތަކަށް ދެވޭ އެހީތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ.

Ad by Hajj Corporation
މިގޮތުން މައިންބަފައިންނާއި، ދަރިން، އަދި އާއިލާތަކަށް އެކި ގޮތްގޮތުން އަޅާލުންދޭ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށްޓަކައި، އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ މުޖުތަމައުގައި އާއިލީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމާމެދު އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައެވެ.


