logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ޤައުމީ ފިކުރުގެ ރައްޔިތުންނަށް ރައީސް ޔާމީންގެ އަސްލު ފިކުރު މިރޭ ހާމަވެގެންދާނެ: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
15 މޭ 2026 - 15:51
Screenshot
Screenshot

ޤައުމީ ވިސްނުމުގެ ހުރިހާ ރައްޔިތުންނަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަސްލު ފިކުރު މިރޭ ހާމަވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ، ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީއެންއެފް އާއި އިދިކޮޅު އެމްޑީޕީއާ ދެމެދު ސިޔާސީ ގުޅުން ބަދަހިކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އެމްޑީޕީގެ ވެރިކަމުގެ ކުރީގެ ދެ ރައީސުންކަމަށްވާ މުހައްމަދު ނަޝީދު (އައްނި) އާއި އިބްރާހިމް މުހައްމަދު ސޯލިހް އަދި ޕީއެންއެފްގެ ލީޑަރ ރައީސް ޔާމީން މިރޭ ވަނީ މަޝްވަރާއަށް ބައްދަލުކުރައްވަން ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާޢު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޔާމީން މީގެކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެމްޑީޕީއަކީ ދުވަހަކުވެސް އެމަނިކުފާނު މަޝްވަރާ ކުރައްވާނެ ބައެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަށް އަނިޔާ ދިނީ އެމްޑީޕީގެ ވެރިން ކަމަށް ވިދާޅުވި ނަމަވެސް، މިއަދު އެ އަނިޔާ ދިން މީހުންނާއެކު ސިޔާސީ "އެއްދާން" ކުރުމުން ހާމަވެގެންދަނީ އަމިއްލަ އެދުން އޮތް މިންވަރު ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"އަޅުގަނޑު ގޮވާލަން ރައީސް ޔާމީނަށް ތާއީދުކުރައްވާ ހުރިހާ ރައްޔިތުން މިރޭން މިރެއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ފިކުރާ ގުޅިވަޑައިގެން ޕީއެންސީއަށް ސޮއިކުރެއްވުމަށް. ތިހުރިހާ ބޭފުޅުންނަށް ރަތްދޫލައިން އަޅުގަނޑުމެން މަރުޙަބާ ކިއުމަށް މިތިބީ ތައްޔާރަށް،" ޝުޖާޢު ވިދާޅުވިއެވެ.

ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ އެއް ނައިބުރައީސްގެ ގޮތުގައި ވެސް ހުންނެވި ޝުޖާޢު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒާއި އެ ޕާޓީގެ ލީޑަރޝިޕުން ދުވަހަކުވެސް އެމްޑީޕީއާއެކު ސިޔާސީ މަޝްވަރާ ނުކުރާނެ ކަމަށެވެ. އެމްޑީޕީއަކީ މިޤައުމަށް އެންމެ ބޮޑެތި އަނިޔާތައް ދީ، ދީނީ އަޤީދާއާއި ޤައުމިއްޔަތު ބަލިކަށިކޮށް، ޤައުމު ދަރުވާލި ފިކުރު ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ރައީސް ޔާމީން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެކަމާ ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ރައްޔިތުން ޕީއެންސީއާ ގުޅުމަށް ގުޅަމުންދާކަން ފާހަގަކުރައްވައި ޝުޖާޢު ވިދާޅުވީ، އެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން ޕީއެންސީއާ ގުޅުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުޙީ އާދަމް (7900061) 24 ގަޑިއިރު ތައްޔާރަށް ހުންނަވާނެ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވި ގޮތުގައި ޕީއެންސީގެ ލީޑަރޝިޕް އޮތީ ރައްޔިތުންގެ ޚިދުމަތުގައި ކަމަށާއި، އެ ޕާޓީއަކީ އެމްޑީޕީގެ ފިކުރާ މުތުލަގަށް ދެކޮޅު ފިކުރެއް ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި މިހާރު ވެރިކަން ކުރަނީ 'ބިނާކުރަނިވި' ފިކުރުން: އިނާޒުޚަބަރު | 3 ދުވަސް ކުރިންމުޅި ޕާޓީ އަންނަނީ ކޮންގްރެސްއަށް ތައްޔާރުވަމުން، ބައްދަލުވުންތައް ވެސް ކައިރިކައިރީގައި ބާއްވާނެ: ޝުޖާއުޚަބަރު | 4 ދުވަސް ކުރިންމަޖިލީހުގެ ނައިބު ރައީސް ނާޒިމް އިސްތިއުފާ ދެއްވައިފިޚަބަރު | 7 ދުވަސް ކުރިންފައިސާ ބެހި ވާހަކައަކީ ދޮގެއް، ފިތުނަ އުފައްދައިގެން ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާނުލެވޭނެ: ޝުޖާއުޚަބަރު | 7 ދުވަސް ކުރިން