logo
Bank of Maldives

Bank of Maldives

ޚަބަރު

މައްކާ ހޮޓަލުގައި ކްލިނިކް ޤާއިމްކޮށް ނިމިއްޖެ

މައްކާ ހޮޓަލުގައި ކްލިނިކް ޤާއިމްކޮށް ނިމިއްޖެ

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ހުރިހާ ޙައްޖުވެރިންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މައްކާ ހޮޓަލުގައި ކްލިނިކް ޤާއިމްކޮށް ނިމިއްޖެއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އެންމެ އިސްކަންދެނީ ހުރިހާ ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި މިގޮތުން ޙައްޖުވެރިން ފުރުމުގެ ކުރިންނާއި، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ ދިއުމާއި ހަމައަށްއަށްވެސް ހުރިހާ ހައްޖުވެރިންގެ ސިއްޙީ ރައްކާތެރިކަމަށް ސަމާލުކަން ދޭނެ ކަމަށެވެ. އަދި އެކަމަށްޓަކައި މައްކާގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކްލިނިކެއް ޤާއިމްކޮށް ނިމިފައިވާ ކަަމަށާއި މި ކްލިނިކް ޤާއިމްކޮށްފައިވަނީ ސަޢުދީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަޑަށް ކަަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ސަޢުދީގެ ކޮންމެވެސް އެއް ހޮސްޕިޓަލަކާ އެފްލިއޭޓްވެގެން މަސައްކަތްކުރުމަށް ލާޒިމްކޮށްފައިވާއިރު، ސަޢުދީ ނޭޝަނަލް ހޮސްޕިޓަލާއެކު އެއްބަސްވުމެއް އެކުލަވާލާ އެކުގައި މަސައްކަތްކުރަން ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މިގޮތުން ޙައްޖުވެރިއަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތުގައި ސަޢުދީ ނޭޝަނަލް ހޮސްޕިޓަލުގެ އެހީތެރިކަން ލިބޭނެ ކަަމަށް ބުނެއެވެ.

މީގެއިތުރުން މައްކާގައި ހުންނަ ޙައްޖު ކޯޕަރޭޝަންގެ ކްލިނިކްގައި ބަލިމީހުން ބެލުމަށް ޚާއްސަ 2 ކޮޓަރި ހުންނާ ކަމަށާއި ބޭސް ފިހާރައަކާއި، ބަލިމީހުން ވަގުތީގޮތުން އެޑްމިޓްކުރަންޖެހިއްޖެނަމަ އެކަން ކުރެވޭނެ ކޮޓަރިއަކާއި، ބޭސް އެޅުމާއި ކުދިކުދި ފަރުވާއަށް ޚާއްޞަ ކޮޓަރިއެއްވެސް ހުންނާނެކަމަށް ބުނެއެވެ. އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ އިތުރުން ސިއްޙީ ތަކެތި ނައްތާލުމަށް ޚާއްސަ ވޭސްޓު ރޫމެއްވެސް ޤާއިމްކޮށްފައިވާކަަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނީ ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުގައި 4 ޑޮކްޓަރުންނާއި 5 ނަރުހުން ހިމެނޭ ކަމަށެވެ. އަދި ހޮސްޕިޓަލަށް ޙައްޖުވެރިޔަކު ގެންދަން ޖެހިދާނެ ޙަލަތަކަށް ތައްޔާރުވެ އޮތުމުގެ ގޮތުން 24 ގަޑިއިރު ޙައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި އެމްބިއުލާންސް އޮންނާނެ ކަމަށާއި ޑޮކްޓަރުންގެ ޚިދުމަތްވެސް ޙައްޖުވެރިންނަށް 24 ގަޑިއިރު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައްކާ ހޮޓަލުގައި ކްލިނިކް ޤާއިމްކޮށް ނިމިއްޖެޚަބަރު | 2 ގަޑިއިރު ކުރިންރާއްޖެއިން ހައްޖުވެރިން ފުރަން ފަށައިފިޚަބަރު | 7 ގަޑިއިރު ކުރިންމިއަހަރުވެސް ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ލިބޭނެ!ޚަބަރު | ދުވަހެއް ކުރިންހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިމަހު 15 ގައި!ޚަބަރު | 2 ދުވަސް ކުރިން