logo
Bank of Maldives

Bank of Maldives

ޚަބަރު

ތަރުޖަމާން ރައީސް ޔާމީނަށް: ނިމިދިޔަ ސަރުކާރުގައި ޖަލުގައި އޮންނަން ޖެހުންކަން ހަނދާން ނެތުންލެން އަވަހީ

އައިޝަތު ނަޝާ
16 މޭ 2026 - 13:22
މުންދު ރައީސް ޔާމީނަށް: ނިމިދިޔަ ސަރުކާރުގައި ޖަލުގައި އޮންނަން ޖެހުންކަން ހަނދާން ނެތުންލެން އަވަހީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ޞާލިޙު އެކުގައި މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ނިންމެވުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް(މުންދު) އެކަމަށް ފާޑުކިޔުއްްވާ ރައްދު ދެއްވައިފިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޞާލިޙުގެ ސަރުކާރުގެ ބޮޑު ބައެއްގައި ރައީސް ޔާމީން އޮންނަވަން ޖެހިވަޑައިގަތީ ޖަލުގައިކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެމަނިކުފާނު ޖަލަށް ލެއްވި ކަމަށެވެ. ފަހަރުގައި ކުރީގެ ކަމަކަށް ވީތީ ހަނދުމަފުޅު ނެތީކަމަށް ވެދާނެ ކަމަށް ވިދާޅުވެ، މުންދު ވަނީ ރައީސް ޔާމީން ކަންކަން ހަނދުމަފުޅު ނެތޭލެއް އަވަހީ ކަމަށް ވިދާޅުވެފައެވެ. އަދި ދޫނިދޫގައާއި އާރަށުގައި ވެސް އެމަނިކުފާނު ބަންދުކޮށްގެން ގެންގުޅުއްވި ކަމަށާއި، އޭރު އޭނާ ވެސް އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރެއްވީތީ، އެކަންކަން ހިނގައި ދިޔަ ގޮތާއި، އާއިލާއަށް ކުރި އަސަރު އަމިއްލަފުޅަށް ކިޔައިދެއްވި ކަމަށް މުންދު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން އޭނާއަށް ލިބިފައިވާ މައުލޫމާތު ނުވަތަ ކޮށްފައިވާ ދިރާސާ ގޯހެއް ނޫން ކަމަށް މުންދު ވިދާޅުވިއެވެ. އަދި ޔާމީން ކަންކަން ހަނދުމަފުޅު ނެތޭލެއް އަވަސްކަމަށް ވިދާޅުވިއެވެ.

މުންދުގެ އިތުރުން ވެސް ސަރުކާރުގެ އިސް ބޭފުޅުން ވަނީ ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، މުހައްމަދު ނަޝީދާއި އަބްރާހީމް މުހައްމަދު ޞާލިޙު އެކުގައި ބައްދަލުކުރައްވައި މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ނިންމެވުމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުންދު ރައީސް ޔާމީނަށް: ނިމިދިޔަ ސަރުކާރުގައި ޖަލުގައި އޮންނަން ޖެހުންކަން ހަނދާން ނެތުންލެން އަވަހީޚަބަރު | ގަޑިއިރެއް ކުރިންސަރުކާރުގެ ވެސް، ރައީސްގެ ވެސް ރައުޔަކީ، ކޯޓުން ނެރޭ އަމުރުތަކަށް އިޙުތާރުމުކުރުން: ތަރުޖަމާނުޚަބަރު | 2 ދުވަސް ކުރިން