logo
Bank of Maldives

Bank of Maldives

ޚަބަރު

އިދިކޮޅު ފަރާތްތައް ކުރެހުމުގައި ދެމިތިއްބަވާ، މި ސަރުކާރުން ތަންފީޒުކުރުމުގައި ދެމިތިބޭނަން: އިސް ތަރުޖަމާނު

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ޖުލައި 2026 - 18:10
އިދިކޮޅު ފަރާތްތައް ކުރެހުމުގައި ދެމިތިއްބަވާ، މި ސަރުކާރުން ތަންފީޒުކުރުމުގައި ދެމިތިބޭނަން: އިސް ތަރުޖަމާނު

އިދިކޮޅު ފަރާތްތަކުން އޭއައި ބޭނުންކޮށްގެން ފޮޓޯތައް ކުރެހުމުގައި ތިބި ނަމަވެސް، މި ސަރުކާރުން ދެމިތިބޭނީ މަޝްރޫއުތަކާއި ތަރައްގީގެ ސިޔާސަތުތައް އަމަލީގޮތުން ތަންފީޒުކުރުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

އިސް ތަރުޖަމާނު މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި އަހްމަދު މުސްތަފާ، އޭއައި ކުރެހުމެއް ހިއްސާކުރައްވައި އެއީ ރައީސް ޔާމީންގެ ދެވަނަ ދައުރެއްގައި މާލޭ ބޮޑުތަކުރުފާނު މަގު އޮންނާނެ ގޮތް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޯޝަލް މީޑިއާ މެދުވެރިކޮށް އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން މުންދު ވިދާޅުވީ، މަގު ހަދާ ނިމެންދެން މިފަދަ ކުރެހުންތަކާއި ތަސައްވުރުތައް ހާމަނުކުރެއްވުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1400 އެއްހާ މަޝްރޫއު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކޮންމެ މަސައްކަތެއްގައި ވިސްނާފައިވާގޮތް ގަނޑުކޮށް އޭ.އައި އިން ކުރަހާލާ، ޝެއަރކޮށްލަދެއްވާ. ތިޔަ ބޭފުޅުންގެ ސޫރަވެސް ކޮންމެ ތަނެއްގައި ކުރަހާލަދޭނަން. އޭގެ ކްރެޑިޓް ބޭނުންފުޅިއްޔާ. ކަންކަން ތަންފީޒުކުރެވޭނީ އެއިރެއްގައި އޮންނަ ސަރުކާރަށް،" މުންދު ވިދާޅުވިއެވެ.

އިސް ތަރުޖަމާނު އިތުރަށް ވިދާޅުވީ ކަންކަން ކުރަން ފުރުސަތު ލިބުނު ވަގުތު އެކަން ނުކުރެއްވުމަކީ މިހާރުގެ ސަރުކާރުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ކަންކަން ވީ އެންމެ ރަނގަޅަށް ތަންފީޒުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރެހުމުގަައި ދެމިތިއްބަވާ. އަޅުގަނޑުމެން ތަންފީޒުކުރުމުގައި ދެމިތިބޭނަން،" އިދިކޮޅު ފަރާތްތަކަށް އިޝާރާތްކުރައްވައި ތަރުޖަމާނު ވިދާޅުވިއެވެ.

ސަރުކާރުން އިއްޔެ ވަނީ ބޮޑުތަކުރުފާނު މަގުގެ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

“ ޕީއެންސީންގެ މަތީ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ބޭއްވޭ އެންމެ ތަފާތު އެއް ބައްދަލުވުން”ޚަބަރު | 5 ގަޑިއިރު ކުރިންހަރަދު ކުޑަކުރުމަށް ތިން މަސްތެރޭ 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފިޚަބަރު | 11 ދުވަސް ކުރިންދައުވަތު ނުދެނީސް "އަދަދު"ގެ ނޫސްވެރިޔަކު ދިއުމުން މުންދުގެ ޕްރެސް ކޮންފަރެންސް ކެންސަލްޚަބަރު | 11 ދުވަސް ކުރިން"ކުރިން ޕާޓީއެއްގެ ކޮންގްރެސްގައި ބައިވެރިނުވާ އަދަދަށް މި ކޮންގްރެސްގައި މެމްބަރުން ބައިވެރިވާނެ "ޚަބަރު | 21 ދުވަސް ކުރިން