މަޑަވެލި ޑަބްލިއުޑީސީ މެމްބަރ ސައްފަ ޕީއެންސީ އަށް ސޮއިކޮށްފި
16 މޭ 2026 - 13:34

ނިމިދިޔަ ކައުންސިލު އިންތިހާބުގައި ގދ. މަޑަވެލި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ މަގާމަށް އަމިއްލަގޮތުން ވާދަކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވި ސައްފާ އަހްމަދު ވެރިކަންކުރާ ޕާޓީ، ޕީއެންސީ އަށް ސޮއިކޮށްފިއެވެ.
މިކަމާގުޅިގެން 'މެންދުރު' އަށް ސައްފަ ވިދާޅުވީ އޭނާ އަބަދު ވެސް ބޭނުންވަނީ ޕީއެންސީ ގައި އުޅުމަށް ކަމަށާއި ކުރިން އުޅުނީ ވެސް އެ ޕާޓީގައި ކަމަށެވެ. އަދި ދިމާވި ކުޑަކަމނެއްގެ ސަބަބުން ޕާޓީއާ ދުވަސްކޮޅަކަށް ދުރަށް ދާން ޖެހުނީ ކަމަށެވެ.

Ad by Hajj Corporation
ސައްފަ ވިދާޅުވީ ޕާޓީގެ ޕްރައިމަރީ ބޭއްވިއިރު، ރާއްޖޭގައި ނެތުމުގެ ސަބަބުން ޕްރައިމަރީގައި ވާދަނުކުރެވުނުކަމުގައި ވިޔަސް އަމިއްލަގޮތުން ވާދަކުރަން ނިންމީ ރަށުގެ ގިނަބައެއްގެ ތާއީދާ އެއްބާރުލުމާ އެކުގައި ކަމަށާއި ވާދަކުރި އިރުވެސް ހޮވޭނެކަމުގެ ވަަރަށް ބޮޑު އުއްމީދެއް އޮތްކަމަށް ވިދާޅުވިއެވެ.
ޕީއެންސީ އާ އަލުން ގުޅުމަށް ނިންމީ، ރަށާއި ރައްޔިތުންގެ މަންފާ އާއި ތަރައްގީ އަށް އެންމެރަނގަޅަށް މަސައްކަތް ކުރެވޭނީ ޕީއެންސީ އާ ގުޅިގެން ކަމަށް ފެންނާތި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރަށާއި ރައްޔިތުންނަށް ހިދުމަތެއް ކުރެވޭނީ ވެސް ޕީއެންސީގައި ހުރުމުން ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ތަރައްގީގެ ފުރިހަމަ ބައިވެރިއަކަށް ވެވޭނީ ވެސް ޕީއެންސީ މެމްބަރުންނަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


