logo
MPL

MPL

ޚަބަރު

ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް: ނައިބު ރައީސް

ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް

ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް އިލްތިމާސް ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށާއި އެއީ، އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި ތިމާގެ ފަރާތުން ކޮށްދެވޭނެ އެންމެ މުހިންމެ އެއްކަން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ފަރުވާކުޑަކަމާއި ނުރައްކާތެރިކޮށް ދުއްވުމަކީ، ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، މަގުމަތި ބޭނުންކުރާ އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރު ކަމާއެކު، މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރަން ހުރިހާ ރައްޔިތުންނަށްވެސް ނައިބުރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި އެތައް ބަޔަކު ދުނިޔެ ދޫކުރެއެވެ. އަދި މިފަދަ ހާދިސާތަކުގައި ލިބޭ ގެއްލުންތަކުގެ ސަބަބުން އުމުރު ދުވަހު ނުކުޅެދޭ ހާލަތުގައި ދިރިއުޅެންް ޖެހޭ ހާލަތްތައްވެސް މެދުވެރިވެއެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އެކްސިޑެންޓުތަކުގެ 1064 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި، އިތުރު ކުރިއެރުމަށް އެދެން: ނައިބު ރައީސްޚަބަރު | 3 ގަޑިއިރު ކުރިންނައިބު ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންފެންވަރު ރަނގަޅު ދަތުގެ ފަރުވާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެކަން ސަރުކާރުން ކަށަވަރުކޮށްދޭނެ: ނައިބު ރައީސްޚަބަރު | މަހެއް ކުރިންމޫސުމީ ނާޒުކުކަމުން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފިޚަބަރު | 2 މަސް ކުރިން