logo
Bank of Maldives

Bank of Maldives

ޚަބަރު

"ހައްޖުވެރިން އެއްވެސް ކަމަކާ ފިކުރު ބޮޑުވާކަށް ނުޖެހޭނެ. އަޅުކަމައިގެން މަސްއޫލު ވީމަ ނިމުނީ"

އައިޝަތު ނަޝާ
17 މޭ 2026 - 16:07
ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަރީފް މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަރީފް މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ރާއްޖޭގެ ހައްޖު ވެރިން އެއްވެސް ކަމަކާ ފިކުރު ބޮޑުވާން ނުޖެހޭނެ ކަމަށާއި،އެބޭފުޅުން އެބޭފުޅުންގެ އަޅުކަމައިގެން މަސްއޫލުވެ،އަދި ހަމައެކަނި އަޅުކަމަށް ހުސްވެ ތިއްބެވީމާ ނިމުނީ ކަމަށް ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

އަލީ ޝަރީފް މިފަދައިން ވިދާލުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ބައިވެރިވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.ޝަރީފް ވަނީ ރާއްޖެއިން މިއަހަރުގެ ހައްޖަށް ވެފައިވާ ތައްޔާރީތަކުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ޕްރޮގްރާމްގައި ހިއްސާ ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ޝަރީފް ވިދާލުވީ،ހައްޖު ކޯޕަރޭޝަން ގެ އުންމީދަކީ،ރާއްޖޭގެ ހައްޖުވެރިން މަބްރޫރް ހައްޖެއް ފުރިހަމަ ކުރުމަށް ފަހު ރާއްޖެއަށް އެނބުރި އައުން ކަމަށެވެ. އަދި މި ހައްޖަކީ ތިމާގެ އުމުރުގައި ވެސް ކުރެވޭ އެންމެ ފަހު ކަންތައް ކަމުގައި ދެކިގެން، މަބްރޫރް ހައްޖެއް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް ޝަރީފް އިލްތިމާސްކުރެެއްވިއެވެ.

މީގެއިތުރުން ޝަރީފް ވަނީ މަބްރޫރް ހައްޖެއް ހޯދުމަށް ދުރުހެލިވާންވީ ކަންތައްތައް ވެސް ފާހަގަކުރައްވާފައެވެ.

އެ ކަންތައްތަކަކީ:

1- ފާހިޝް ކަންތައްތަކުން ދުރުހެލިވުން

2- ޖަދަލު ކުރުމުން ދުރުހެލިވުން

3- އެއްވެސް ކަހަލަ އުރެދުމެއްގެ ތެރެއަށް ނުވަނުން

4- ތިމާއަށް ނުބެހޭ ކަންތައްތަކާ ނުބެހުން

މީގެއިތުރުން ހައްޖުވެގެން އަންނަ އިރުގައި އެ ހައްޖަކީ ތިމާ ހިއްހަމަޖެހޭވަރުގެ ހައްޖަކަށް ހެދޭތޯ ގަދައަޅާ މަސައްކަތް ކުރެއްވުމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. މީގެ ސަބަބުން ޙައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވްގެދަށުން، ޙާޖީން ޖިއްދާ އެއަރޕޯޓްގައި މަޑުކުރަން ނުޖެހި، ސީދާ ހޮޓަލަށް ދެވޭ ގޮތަށް ވަނީ ހަމަޖައްސައިދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖު ކޯޕަރޭޝަންގެ އާ އެމްޑީ އަކަށް ފިރުޒުލްޚަބަރު | 11 ދުވަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 241 ހައްޖާޖީން މާލެ އަތުވެއްޖެޚަބަރު | މަހެއް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 2 މަސް ކުރިންމިރޭ ފަތިސްވާން ވާއިރަށް ހުރިހާ ހައްޖުވެރިންނަށް އަރަފާތު ބިމަށް ދެވޭނެ: ހައްޖު ކޯޕަރޭޝަންޚަބަރު | 2 މަސް ކުރިން