logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޮޑާހޭކި ރެއާލް މެޑްރިޑްއަށް ހަނިމޮޅެއް، ރާމޯސްގެ ސެވިއްްޔާ ރެލިގޭޓްވުމުގެ ބިރު

އަބްދުﷲ ޣާނިމް
18 މޭ 2026 - 02:28
ބޮޑާހޭކި ރެއާލް މެޑްރިޑްއަށް ހަނިމޮޅެއް، ރާމޯސްގެ ސެވިއްްޔާ ރެލިގޭޓްވުމުގެ ބިރު

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ވިނީޝިއަސް ޖޫނިއާ ކާމިޔާބުކުރި ލަނޑާއެކު 1-0 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑުން އެޓީމު ރެލިގޭޝަންގެ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިފިއެވެ. މިއީ ބޮޑާހޭކުމާއި ތަޅާފޕޅުމުގެ މައްސަލަތައް ދިމާވެ ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު ރެއާލްއަށް މުހިންމު ނަތީޖާއެކެވެ.

މި ނަތީޖާއާއެކު ސެވިއްޔާ އޮތީ ރެލިގޭޝަން ޒޯނަށްވުރެ އެންމެ ތިން ޕޮއިންޓް ކުރީގައެވެ. ލީގުގެ ފަހު ދުވަހު ހަތް ޓީމަކުން ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރާނެއެވެ. މެޗުގެ ކުރީކޮޅު ސެވިއްޔާއިން ރަނގަޅު ކުޅުމެއް ދައްކައި ރެއާލްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް، މެޗުގެ 15 ވަނަ މިނެޓުގައި ރެއާލްއިން ވަނީ ލީޑު ނަގާފައެވެ. ބްރަހިމް ޑިއާޒް ނަގައިދިން ހުރަހެއް ކީލިއަން އެމްބާޕޭ ކޮންޓްރޯލް ކުރުމަށްފަހު ދިން ބޯޅަ ވިނީޝިއަސް ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގައި ރެއާލްއިން ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން އެމްބާޕޭ ފޮނުވާލި ބޯޅައެއް ހުރަސް ދަނޑިމަތިން ދިޔައިރު، ފްރެންކޯ މަސްޓަންޓުއޯނޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މީގެއިތުރުން އެމްބާޕޭ ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ރެފްރީ ބަލައިގެންފައެއް ނުވެއެވެ. މެޗުގެ ފަހުކޮޅު ސެވިއްޔާގެ ކީކޭ ސަލާސް ފޮނުވާލި ނުރައްކާތެރި ބޯޅަ ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ސެވިއްޔާގެ ދަނޑުގައި ބަލިނުވެ ރެއާލް މެޑްރިޑުން ފުރިހަމަކުރި ހަތްވަނަ މެޗެވެ. މީގެ ކުރިން 1994 އާއި 2003 އާ ދެމެދުވެސް ރެއާލްއިން ވަނީ މި ރެކޯޑް ގާއިމުކޮށްފައެވެ. އަނެއްކޮޅުން ސެވިއްޔާއަށް ވަނީ 2018 ވަނަ އަހަރުގެ ފަހުން ލީގުގައި ރެއާލް އަތުން މޮޅެއް ނުހޯދި 15 މެޗު ހަމަވެފައެވެ.

މި މެޗުގައި ވިނީޝިއަސް ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ. 2026 ވަނަ އަހަރު މިހާތަނަށް ހުރިހާ މުބާރާތެއްގައި އޭނާ ވަނީ 17 ލަނޑު ޖަހާފައެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކުޅުންތެރިންގެ ތެރެއިން އޭނާއަށްވުރެ ގިނައިން ލަނޑު ޖަހާފައިވަނީ ހަމައެކަނި ބަޔާން މިއުނިކްގެ ހެރީ ކޭން (28 ލަނޑު) އެވެ. މި މެޗުގައި ރެއާލްއިން 12 ހަމަލާ އުފެއްދިއިރު، ސެވިއްޔާއިން ވަނީ 14 ހަމަލާ އުފައްދާފައެވެ.

މިނަތީޖާއާއެކު ޑާދިފަހުން މެޑްރިޑްގެ ލެޖެންޑް ރާމޯސް މެޖޯރިޓީ ހިއްސާ ގަތް ސެވިއްޔާގެ ޓީމު އަންނަ ހަފްތާގައި ލީގުގެ ފަހުމެޗަށް ނިކުންނައިރު، ރެލިގޭޓްވުމުގެ ބިރު ވަނީ ވަރަށް ބޮޑަށް ހީވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑާހޭކި ރެއާލް މެޑްރިޑްއަށް ހަނިމޮޅެއް، ރާމޯސްގެ ސެވިއްްޔާ ރެލިގޭޓްވުމުގެ ބިރުކުޅިވަރު | ގަޑިއިރެއް ކުރިންނެގްރެއިރާ މައްސަލައަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ: ފްލޮރެންޓީނޯ ޕެރޭޒްކުޅިވަރު | 5 ދުވަސް ކުރިންރެސްލިން މެޗުން ބަލިވި ކުޅުންތެރިޔާ ވިއްކާލަން ރެއާލް އިން މަސައްކަތް ކުރަނީކުޅިވަރު | 6 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ކޯޗުކަމާ މޮރީނޮއޯ ހަވާލުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާއި ގާތަށްކުޅިވަރު | 6 ދުވަސް ކުރިން