logo
MPL

MPL

ޚަބަރު

ގދ. ވާދޫ ކައިރީގައި ރާޅާ އަޅަން އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މޭ 2026 - 11:20
މީހަކު ރާޅާ އަޅަނީ، ފޮޓޯ: ޕަރފެކްޓް ޓްރެވަލްސް
މީހަކު ރާޅާ އަޅަނީ، ފޮޓޯ: ޕަރފެކްޓް ޓްރެވަލްސް

ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ޓޫރިސްޓަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:57 އެހައިކަންހާއިރު އެވެ. އެ މީހާ ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

 "އެ މީހާ ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މޫދަށް އެރިއުޅުނު ޓޫރިސްޓަކު މިއަދު މަރުވިއިރު، ވ. އަތޮޅުގައި ޑައިވިންއަށް ދިޔަ އިޓަލީ ޓޫރިސްޓުންތަކެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ މީހުން ހޯދުމަށް ހިންގި އޮޕަރޭޝަންގައި ފުރަތަމަ ދުވަހު އެކަކުގެ ހަށިގަނޑުފެނިފައިވާއިރު، ބާކީ ތިބި މީހުންގެ ހަށިގަނޑު އޮތްތަން ވެސް މިއަދު ވަނޭ ދެނެގަނެވިފައެވެ. އެމީހުން ފެނުނީ އެމީހުން ޑައިވްގައި ވަތް ކަނޑުއަޑީގެ ހޮހޮޅައިގެ ތެރެއިންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | ދުވަހެއް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 9 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 9 ދުވަސް ކުރިން