logo
ގެއްލުނު 4 ފަތުރުވެރިންގެ ހަށިހަނޑު ހޮހޮޅައިގެން ތެރެއިން ފެނިއްޖެ!Bank of Maldives

Bank of Maldives

ޚަބަރު

ހައްޖަށްދާ މީހުންގެ ތިންވަނަ ގްރޫޕް މިއަދު ފުރައިފި

ހައްޖަށްދާ މީހުންގެ ތިންވަނަ ގްރޫޕް މިއަދު ފުރައިފި

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިންސަޢޫދީ ޢަރަބިއްޔާއަށްދާ މީހުންގެ ތިންވަނަ ގްރޫޕް މިއަދު ފުރައިފިއެވެ.

ސަޢޫދިއާ އެއާލައިންގެ ފްލައިޓެއްގައި ފުރާފައި ވަނީ ރާއްޖެއިން ޙައްޖަށްދާ މީހުންގެ 250 މީހުންނެވެ.

ދިވެހިރާއްޖޭ ހައްޖަް މީހުން ގެންދިއުމުގެ ހުރިހާ ކަމެއް ކުރަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ. މިއަހަރުވެސް ރަސްމީ ކޯޓާގެ ގޮތުގައި ރާއްޖެއަށް ވަނީ 1000 ކޯޓާ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ގެންދިޔުމަށް 4 ފްލައިޓެއް ވަނީ ހަމަޖައްސާފައެވެ. އެއީ، ސަޢޫދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ.

މިއަދު ތިންވަނަ ފްލައިޓު ފުރާފައިވާއިރު ފަހު ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ފުރަތަމަ ފްލައިޓުގައި 238 މީހުން ވަނީ ފުރާފައިވެއެވެ. މިމަހުގެ 17 ވަނަ ދުވަހު ދެަވަނަ ފްލައިޓުގައި 260 ޙައްޖުވެރިން ފުރާފައިވެއެވެ. މިމަހުގެ 19 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 252 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތިންވަނަ ފްލައިޓުގައި 250 މީހުން ސަޢޫދިއާ އެއާލައިންގައި ވަނީ ފުރާފައިވަނީ މިއަދު މެންދުރު ފަހު 03:25 ހާއިރުއެވެ. އަދި މި ފްލައިޓު ޖިއްދާއަށް ދެވޭނެ ކަމަށް ބެލެނެވީ ރާއްޖެ ގަޑިން މިރޭ 8:30 ހާއިރުއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހައްޖުވެރިން ފުރަން އޮންނަ ދުވަހުގެ ކުރިން އެމީހުންގެ ފޮށިތައް ނަގާ ދުރާލާ ޗެކިން ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ވަނީ ކޮށްފައެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް ޚާއްސަ ކޮށްގެން ބަސް ދަތުރުތައް ބާއްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖަށްދާ މީހުންގެ ތިންވަނަ ގްރޫޕް މިއަދު ފުރައިފިޚަބަރު | ގަޑިއިރެއް ކުރިން"ހައްޖުވެރިން އެއްވެސް ކަމަކާ ފިކުރު ބޮޑުވާކަށް ނުޖެހޭނެ. އަޅުކަމައިގެން މަސްއޫލު ވީމަ ނިމުނީ"ޚަބަރު | 20 ގަޑިއިރު ކުރިންދިވެހި ޙައްޖުވެރިންގެ ދެ ވަނަ ގުރޫޕު ފުރައިފިޚަބަރު | ދުވަހެއް ކުރިންރާއްޖެއިން ފުރަތަމަ ފްލައިޓްގައި ޙައްޖަށް ދިޔަ އެންމެންގެ ހާލު ވެސް ރަނގަޅުޚަބަރު | 2 ދުވަސް ކުރިން