ރައީސްގެ މާލީ ބަޔާން: އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ސާބިތުވޭ
18 މޭ 2026 - 13:23

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން އާންމުކުރަށްވައިފިއެވެ.
މެއި 18 ވަނަ ދުވަހު އާންމުކުރި މި ބަޔާނުގައިވާގޮތުން ވޭތުވެދިޔަ 6 މަސްދުވަހު މުސާރާގެ ގޮތުގައި އެމަނިކުފާނަށް ލިބިވަޑައުެގންފައި ވަނި 285،024.00 (ދެ މިލިއަން އަށްޑިހަ ފަސް ހާސް ސައުވީސް) ރުފިޔާއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ ރޯ ހައުސް އިން ކުލީގެ ގޮތުގައި 240،000.00 (ދެލައްކަ ސާޅީސް ހާސް) ރުފިޔާ އަދި އާއިލާގެ ފަރާތުން 180،000.00 (އެއްރުފިޔާ އަށްޑިހަ ހާސް) ހަދިޔާ ކުރަށއްވާފައިވާ ކަމަށް ދައްކައެވެ.

Ad by Hajj Corporation
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާއަށް ލިބޭ އެލެވަންސްގެ ގޮތުގައި ނިމިދިޔަ 6 މަސްދުވަހު 199،999.98 (އެއް މިލިއަން ނުވަދިހަ ނުވަ ހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ނުވަދިހަ އަށްލާރި) ލިބިވަޑައިގެންނެވިއިރު، ދިމްޔާތް ޕްރައިވެޓް ލިމިޓެޑުން 78،000.00 (ހަތްދިހަ އަށް ހާސް) ރުފިޔާ އެކަމަނާއަށް ލިބިވަޑައިގަތެވެ. އަދި މިނިސްޓްރީ އޮފް ހެލްތްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާތީ ނިމިދިޔަ 6 މަސްދުވަހު 4،927.32 (ހަތަރު ހާސް ނުވަސަތޭކަ ހަތާވީސް ރުފިޔާ ތިރީސްދެލާރި) ވަނީ ލިބި ވަޑައިގެންފައެވެ.
ރައީސް ޑރ. މުއިްއޒުގެ މިލްކިއްޔާތުގައިވާ މުދަލުގެ ތަފްސީލަށް ބަލާލާއިރު، އެމަނިކުފާނުގެ ނަމުގައި އެމަނިކުފާނުގެ ގެކޮޅު މ. ދިމްޔާތް އާއި ، ހުޅުމާލޭގެ ރޯހައުސް އާއި، މ. ފިގް އިން ހިބައިން ލިބިފައިވާ ބަޔާއި ވަށަފަރުގައި ހުންނަ ދިމްޔާތް ނަމަކަށް ކިޔާ ގެއަކާއި ކާރެއް ހިމެނެއެވެ. މ. ދިމްޔާތަކީ އެމަނިކުފާނަށް ވާރުތަ މުދަލުގެ ގޮތުގައި ލިބިވަޑައިގެންފައިވާ މުދަލެކެވެ.
އެމަނިކުފާނުގެ ބޭންކް ސްޓޭޓްމަންޓްތަކުން ދައްކާގޮތުގައި ބީއެމްއެލްގެ ކަރަންޓް އެކައުންޓް (ދިވެހި ރުފިޔާ) ގައި 184،845.52 (އެއްލައްކަ އައްޑިހަ ހަތަރުހާސް އައްސަތޭކަ ސާޅީސް ފަސްރުފިޔާ ފަންސާސް ދެލާރި) ރުފިޔާ ހުރިއިރު، ބީއެމްއެލްގެ ސޭވިންގްސް އެކައުންޓް (ދިވެހި ރުފިޔާ) ގައި 1،701،470.44 ( އެއް މިލިއަން ހަތް ލައްކަ އެއްހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ ސާޅީސް ހަތަރު ލާރި) ރުފިޔާ އެބަހުއްޓެވެ. މީގެ އިތުރުން އެމަނިކުފާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސޭވިންގްސް އެކައުންޓުގައި ހުރީ އެންމެ 1،000.00 (އެއް ހާސް) ރުފިޔާ އެވެ.
މީގެއިތުރުން އެމަނިކުފާނުގެ ލޯނާއި ދަރަންޏަށް ބަލާއިރު މޯލްޑިވްސް ފައިނޭންސިންގ އެންޑް ީލީސިން ކޮމްޕެނީީ އިން ނެގި ދަރަނީގެ ތަފްސީލުވެސް ވަނީ ހާމަ ކުރައްވާފައެވެ. އެ ދަރަނީގެ ތެރެއިން މިހާރު ނުދައްކާ ވަނީ 1،319،265.13 (އެއް މިލިއަން ތިން ލައްކަ ނަވާރަ ހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ ތޭރަ ލާރި) ރުފިޔާ އެވެ.


