ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެންގޮސްފި
18 މޭ 2026 - 13:43

ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެންގޮސްގެން މެރިން ޕޮލިހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ ފަޅައިގެން ގޮސްފައި ވަނީ މާތިލަފުށިން ފުރައިގެން މާލެ އަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަމަށެވެ.

Ad by Hajj Corporation
''މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިހުގެ ލޯންޗު އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުން'' ފުލުހުން ބުންޏެވެ.
މި ހާދިސާ ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، މީހުން ލައިފް ޖެކެޓް އަޅައިގެން ކަނޑުވެފައި ތިއްބާ ވީޑިއޯ އިން ފެނެއެވެ.
ވީޑިއޯ އިން ލޯންޗް ވެސް ފެންނައިރު، އެ ލޯންޗް އަދި އޮތީ ފެނުމަތީގައެވެ.
މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗް، ހުޅުމާލެއާ ހިސާބުން ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައި ކަމަށެވެ. އަދި އެ ކުދިން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.


