logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަނެއްކާވެސް ރެފްރީންގެ ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އާސެނަލް ހަނިގޮތަކަށް މޮޅުވެ ތަށްޓާއި އެންމެ ފިޔަވަޅަކާއި ގާތަށް

އަބްދުﷲ ޣާނިމް
18 މޭ 2026 - 21:27
އަނެއްކާވެސް ރެފްރީންގެ ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އާސެނަލް ހަނިގޮތަކަށް މޮޅުވެ ތަށްޓާއި އެންމެ ފިޔަވަޅަކާއި ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ބާންލީ އަތުން 1-0 އިން މޮޅުވެ، އާސެނަލް އިން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ލިބުނު މުހިންމު ތިން ޕޮއިންޓާއެކު، ލީގު ކާމިޔާބު ކުރުމުގެ އުންމީދު އާސެނަލް އިން ވަނީ ދަމަހައްޓާފައެވެ.
މިހާތަނަށް ލީގުގައި އެއްވެސް ރަތްކާޑެއް ލިބިފައިނުޥާ އަދި ބައިކޮޅަށް އެންމެ ޕެނަލްޓީއެއްވެސް ދީފައިނުވާ އާސެނަލް އާއި އެއްކޮޅަށް މިރޭވެސްވަނީ ރެފްރީންގެ ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އާސެނަލްގެ ކައިހަވާރޓްޒް ފަހަތުން ކުރި ނުރައްކާތެރި ފައުލަކަށްވެސް ރެފްރީ ވަނީ ހަމައެކަނި ރީނދޫކާޑަކުން ފުއްދާލާފައެވެ. މީގެ އިތުރުން އެންމެ ފަހުން އާސެނަލް ލީގުގައި ކުޅުނު މެޗުގައި ބައިކޮޅަށް ވަތް ގޯލުވެސް ރެފްރީ ވަނީ ސުވާލުއުފެދޭ ނިންމުންތަކާއެކު އެގޯލުވެސް ބާތިލުކޮށް އާސެނަލްއަށް ފުރިހަމަ ތިން ޕޮއިންޓް ދީިފައެވެ.

ރޭގައި ކުލުނު މެޗުން އާސެނަލް މޮޅުވުމާއެކު، މިރޭ މެންޗެސްޓާ ސިޓީން ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެނަމަ، އާސެނަލްއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވުމުގެ ފުރުސަތު އެބައޮތެވެ. މެޗުގެ ކުރީކޮޅު ބާންލީން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ފްލޮރެންޓީނޯ ފޮނުވާލި ދުރު ހަމަލާއެއް ގޯލާ އަމާޒުނުވެ ދިޔައިރު، ބާންލީއަށް ވަނީ މެޗުގެ ކުރީކޮޅު ދެ ކޯނަރުވެސް ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން ކުޅޭ އާސެނަލް މެޗުގެ ތެރެއަށް ވަދެ، ކައި ހާވާޓްޒް އާއި ލިއަންޑްރޯ ޓްރޮސާޑަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މީގެ ތެރެއިން ޓްރޮސާޑް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 37 ވަނަ މިނެޓުގައެވެ. ބުކާޔޯ ސާކާ ނަގައިދިން ކޯނަރަކުން މި ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ ކައި ހާވާޓްޒް އެވެ. އޭނާ ވަނީ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި އާސެނަލްއަށް ކުރިހޯދައިދީފައެވެ.

ދެވަނަ ހާފުގައި އާސެނަލް އިން ބޯޅަ ހިފަހައްޓައިގެން ކުޅެ، ބާންލީގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދިއެވެ. މެޗުގެ ފަހު ވަގުތާ ހަމައަށް އާސެނަލް އިން ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް މެޗު ކޮންޓްރޯލްކޮށް، ހަނި ނަމަވެސް މުހިންމު މޮޅެއް ހޯދާފައެވެ.

ލީގުގެ ފަހު ހަފުތާއަށް ކުރިމަތިލާއިރު، ލީގު ރޭސް މިވަނީ ވަރަށް ބޮޑަށް ފޯރިގަދަވެފައެވެ. ފަހު މެޗުގައި އާސެނަލް ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. ލީގުގެ ނަތީޖާ ބިނާވެފައިވަނީ ސިޓީ އާއި ބޯންމައުތު ބައްދަލުކުރާ މެޗުގެ ނަތީޖާއަށާއި، އާސެނަލްގެ ފަހު މެޗުގެ ނަތީޖާގެ މައްޗަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނެއްކާވެސް ރެފްރީންގެ ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އާސެނަލް ހަނިގޮތަކަށް މޮޅުވެ ތަށްޓާއި އެންމެ ފިޔަވަޅަކާއި ގާތަށްކުޅިވަރު | 8 ގަޑިއިރު ކުރިންރެފްރީންގެ ހިތްވަރާއެކު އެލިފަންޓް ގަހުން ވެއްޓުނަނުދީ ހިފަހަށްޓައިފިކުޅިވަރު | 8 ދުވަސް ކުރިންދެތަށްޓާއެކު އާސެނަލްގެ ޓްރޮފީ ޕެރޭޑް ކުރިޔަށް ގެންދިޔުމަށް ނިންމައި ތާޜީޚު ފައިނަލްކޮށްފިޚަބަރު | 10 ދުވަސް ކުރިންއާސެނަލްގެ އިންވިންސިބަލް ތަށީގެބިރާއެކު ހަތުރުންތައް ހޮހޮޅައަށް ވަދެ ޕީއެސްޖީއާއި ބަޔާން ކައިރީގައި އާދޭސްކުރަނީކުޅިވަރު | 13 ދުވަސް ކުރިން