logo
Bank of Maldives

Bank of Maldives

ކުޅިވަރު

6 ޗެންޕިއަންސް ލީގުގެ ވެރި ރެއާލް މެޑްރިޑްގެ ކެޕްޓަން ކުލަބު ދޫކޮށްލަން ނިންމައިފި

އަބްދުﷲ ޣާނިމް
19 މޭ 2026 - 04:15
6 ޗެންޕިއަންސް ލީގުގެ ވެރި ރެއާލް މެޑްރިޑްގެ ކެޕްޓަން ކުލަބު ދޫކޮށްލަން ނިންމައިފި

ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވުމުން، އެ ކްލަބުގެ ކެޕްޓަން އަދި ކުލަބާއެކު 6 ޗެންޕިއަންސް ލީގު ކާމިޔާބުކުރި ޑެނީ ކާވަހާލް ރެއާލް ދޫކޮށްލާނެކަން އެ ކްލަބުން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އުމުރުން 34 އަހަރުގެ ކާވަހާލް ރެއާލް މެޑްރިޑަށް ކުޅޭ ފަހު މެޗަކަށް ވެގެންދާނީ މި ހަފްތާ ބަންދުގައި ސެންޓިއާގޯ ބާނަބިއުގައު އެތުލެޓިކް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ.

ކާވަހާލް ވަނީ އެންމެ ފަހުން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑަށް އޭނާ ކުޅެދިން 450 ވަނަ މެޗު ފުރިހަމަކޮށްފައެވެ. މީގެ ތެރެއިން 390 މެޗު އޭނާ ކުޅެފައިވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެންނެވެ. 21 ވަނަ ގަރުނުގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރުންގެ ތެރެއިން ކާވަހާލަށްވުރެ ގިނަ މެޗު ކުޅެދީފައިވަނީ ސާޖިއޯ ރާމޯސް (671 މެޗު) އަދި މާސެލޯ (546 މެޗު) އެކަންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރެއާލް މެޑްރިޑްގެ އެކަޑަމީގައި 10 އަހަރު ހޭދަކުރުމަށްފަހު، ކާވަހާލް ވަނީ އެއް ސީޒަނަށް ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް ބަދަލުވެފައެވެ. ނަމަވެސް 2013 ވަނަ އަހަރު އޭނާ އަލުން އެނބުރި ރެއާލް މެޑްރިޑާ ގުޅުނެވެ. އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގައި އޭނާ ވަނީ އެ ކްލަބާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.

ކާވަހާލް ވަނީ ރެއާލް މެޑްރިޑާއެކު ޖުމްލަ 27 ތަށި ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. މީގެ އިތުރުން އޭނާ ވަނީ ހަ އިންޓަކޮންޓިނެންޓަލް ކަޕް (ކްލަބް ވޯލްޑް ކަޕް)، ފަސް ޔޫއެފާ ސުޕަ ކަޕް، ހަތަރު ލަ މީގާ، ދެ ކޮޕާ ޑެލް ރޭ އަދި ހަތަރު ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލެޖެންޑަރީ ކޯޗު މޮރީނިއޯ ކުލަބާއި ރަސްމީކޮށް ހަވާލުވިކަން މެޑްރިޑުން އިޢުލާނުކޮށްފިކުޅިވަރު | 7 ގަޑިއިރު ކުރިންރެއާލް މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާއިން އަބުރުގެ ދަޢުވާކުރަނީކުޅިވަރު | ދުވަހެއް ކުރިންސަޕްރައިޒް ކުޅުންތެރިޔަކީ އަލްވަރޭޒް، 150 މިލިޔަން ޔޫރޯ ރެއާލް މެޑްރިޑުން ބިޑުކޮށްފިކުޅިވަރު | 3 ދުވަސް ކުރިންއޮލީސޭ ނުވިއްކާނެކަމަށް ބުނެ ބަޔާންގެ ރައީސް ރެއާލް އަށް ވަރުގަދަ ރަށްދެއްކުޅިވަރު | 5 ދުވަސް ކުރިން