logo
Bank of Maldives

Bank of Maldives

ޚަބަރު

ޑައިމޯފިން ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 މޭ 2026 - 06:21
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާން ހުކުމްކުރި މީހާ، ފޮޓޯ: ފުލުހުން
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާން ހުކުމްކުރި މީހާ، ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ކުށް ސާބިތުވެ ޙުކުމް އިއްވާފައިވަނީ ނ. މިލަދޫ، އަލަމާގެ، އަޙްމަދު ޢަބްދުލްހާދީ (43އ) ގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯޓުން މި ހުކުމް އިއްވާފައިވަނީ 2026 މެއި 18 ވަނަ ދުވަހުއެވެ.

ޢަބްދުލްހާދީގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައެވެ. ކޯޓުގެ ހުކުމުގައިވަނީ އޭނާ 25 އަހަރަށް ޖަލަށްލުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.

މި މައްސަލައަކީ 2022 މާރިޗު 4 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ. މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އެޕްރީލް 11 ވަނަ ދުވަހުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، މި ހުކުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ހަރުދަނާ މަސައްކަތުގެ ނަތީޖާއެކެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ޓްރެފިކް ބާރުބޮޑުވާ 12 ސަރަހައްދެއް ބެލެހެއްޓުމަށް ފުލުހުން ހާއްސަ ހަރަކާތެއް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންޑައިމޯފިން ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެންގޮސްފިޚަބަރު | 18 ގަޑިއިރު ކުރިންރާޅާ އަޅަން އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެޚަބަރު | 20 ގަޑިއިރު ކުރިން