logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ސިފައިންނަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަކުރަނީ

އާމިނަތު ޝަފާ
14 އޮކްޓޯބަރު 2024 - 12:30
ޑޯނިއާ
ޑޯނިއާ

އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓުތައް ދުއްވުމުގެ ތަމްރީނު ހަދާފައިވާ ދިވެހި ސިފައިންނަށް އެ ފުރުސަތު ނުދޭ ސަބަބު ހާމަކުރަން ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާއާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށް ކަމަށް ބުނެ ހަނިމާދޫގައްޔާއި ކައްދޫގައި އިންޑިއާގެ ގިނަ އަދަދެއްގެ އަސްކަރީ ސިފައިން ތިބުމާ ގުޅިގެން މި ސަރުކާރު ވެރިކަމަށް އައިސް އެ ސިފައިންތައް ވަނީ ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންނަމަވެސް މިހާރު މި އުޅަނދުތައް އޮޕަރޭޓްކުރަމުން އަންނަނީ އިންޑިއާގެ މަދަނީ މީހުންނެވެ.

2012 ވަނަ އަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ ދެ އޮފިސަރުން ޑޯނިއާ ދުއްވަން ތަމްރީނުކޮށްފައިވާއިރު އޭގެ ފަހުން 5 ޕައިލެޓަކު އަސްކަރީ އުޅަނދު ދުއްވަން ތަމްރީނުކޮށްފައިވެއެވެ. އަދި 4 ޕައިލެޓަކު ޑޯނިއާ ކޮންވާޝަން ކޯސް ފުރިހަމަކޮށްފައިވާކަމަށް އެމްއެންޑީއެފްއިންވަނީ ބުނެފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދިވެހި ސިފައިން އަސްކަރީ މަތިންދާބޯޓުތައް ދުއްވާތޯ އާއި ޑޯނިއާ ދުއްވުމުގައި އެ ޕައިލެޓުންގެ ބައިވެރިވުން ނެތް ސަބަބާއި އެ މީހުން ސިފައިންގެ ވަޒީފާ އިން ވަކިވެފައިވާ ނަމަ އެކަން ސާފުކުރުމަށް އާއްމު ފަރާތަކުންވަނީ ޑިފެންސް މިނިސްޓްރީއަށް ހުށަހަޅައިފައެވެ.

އެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވުމުން ޑިފެންސް މިނިސްޓްރީން އޮތީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް މައުލޫމާތު ހާމަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އަންގަވާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ރިޓަޔަރ ކުރައްވައިފިޚަބަރު | 18 ދުވަސް ކުރިންމިނިވަން ދުވަހުގެ މުނާސަބަތުގައި، ސިފައިންނާއި ފުލުހުންނާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 2 މަސް ކުރިންހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ނިންމާލައިފިޚަބަރު | 4 މަސް ކުރިންދިފާޢީ ބާރު ވަރުގަދަ ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން، އެއީ ފަޚްރުވެރިކަމާ އެކީ ކުރަންޖެހޭ ކަމެއް: ރައީސްޚަބަރު | 5 މަސް ކުރިން