logo
Bank of Maldives

Bank of Maldives

ޚަބަރު

މިއީ ޑައިވަރުންގެ މަރާއި ގުޅުވައި ހަގީގަތް ނޭނގި ތިބެ "މާހިރުން" ކަމަށް ހެދިގެން ވާހަކަދައްކަންޖެހޭ ވަގުތެއް ނޫން: ތަޖުރިބާކާރު ޑައިވަރެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 މޭ 2026 - 07:52
މަރުވި އިޓަލީގެ ފަސް ޑައިވަރުންނާއި އެމީހުން ގެއްލުމާއި ގުޅޭ ރެސްކިއު އޮޕަރޭޝަންގައި އުޅެނިކޮށް ފުރާނަގެއްލުނު ދިވެހި ސިފައިންގެ މީހާ، ފޮޓޯ: ނާޑެރ
މަރުވި އިޓަލީގެ ފަސް ޑައިވަރުންނާއި އެމީހުން ގެއްލުމާއި ގުޅޭ ރެސްކިއު އޮޕަރޭޝަންގައި އުޅެނިކޮށް ފުރާނަގެއްލުނު ދިވެހި ސިފައިންގެ މީހާ، ފޮޓޯ: ނާޑެރ

މި ދަނޑިވަޅަކީ ސޯޝަލް މީޑިއާގައި އަމިއްލަ އެދުން އިސްކުރުމާއި، ދޮގު ޚަބަރު ފެތުރުމާއި، ނުވަތަ މިކަމުގެ ހަގީގަތް ނޭނގި ތިބެ "މާހިރުން" ކަމަށް ހެދިގެން ވާހަކަދައްކަންޖެހޭ ވަގުތެއްކަމަށްނޫންކަމަށް ރާއްޖޭގައި ގިނަ ދުވަސްތަކެއްވަންދެން ޑައިވްކޮށްފައިވާ ތަޖުރިބާކާރު ޑައިވަރަކު ބުނެފިއެވެ.

13،000 އަށްވުރެ ގިނަ ފްލޯވަރުންތިބި ''dive-with-nader '' ނަމުގައި އޭނާ ހިންގާ ޕޭޖުން އެނގޭގޮތުގައި އޭނާ އަކީ ޕީއޭޑީ އެލައިޓް އެމްއެސްޑީޓީ އަދު މިޔަރު އިންސްޓްރަކްޓަރެކެވެ. އަދި މެރިން ބަޔޮލޮޖިސްޓެއްކަމަށާއި، 3000+ ސެޓްފިކެޓް ލިބިފައިވާ، 10000 ޑައިވް ކޮށްފައިވާ މީހެއްކަން އޭނާ ޕޭޖުން އެނގެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާގެ ޕޭޖުގައި ލިޔެފައިވާގޮތުގައި މީގެ އަހަރުތަކެއް ކުރިން އޭނާ ވެސް ވ. އަތޮޅުގެ އެ ފުން ކަނޑުތަކަށާއި އެކި ޑައިވް ސައިޓްތަކަށް ފީނައި ހަދާފައިވެއެވެ. އެ ފުން ނޫކުލައިގެ ފާރުތަކާއި، ގަދަ އޮއިވަރާއި، އެކަނިވެރި ހަމަހިމޭންކަމުގެ އިތުރުން، އެފަދަ މާހައުލުތަކަށް ފީނާ ކޮންމެ މީހަކު ބަހައްޓަންޖެހޭ ސަމާލުކަމާއި ދޭންޖެހޭ އިހުތިރާމް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭކަމަށް އޭނާ ބުނެފަވެއެވެ.

ކަނޑަކީ އަޅުގަނޑުމެންނަށް ހިތްގައިމު ރީތިކަމާއި، ހަނދާނުން ފޮހެލަން ދަތި އުފާވެރި ވަގުތުތަކާއި، ގާތް ރަހުމަތްތެރިކަމުގެ އިތުރުން ދިރިއުޅުމުގެ މާނަފުން މަގުސަދުތަކެއް ހޯދައިދޭ ތަނެކެވެ. ނަމަވެސް، ފުން މިނާއި، ނުރައްކާތެރި ހާލަތްތަކާއި، އަދި އެކި ސަބަބުތައް އެއްފަހަރާ ދިމާވާ ހިނދު، ކަނޑުގެ ނުރައްކާތެރިކަން އަޅުގަނޑުމެންނަށް އިހުސާސްކޮށްދެނީ ވަރަށްވެސް ހިތްދަތި ގޮތަކަށްކަމަށް އޭނާ ބުނެފަވެއެވެ.

ރާއްޖޭގެ އަލިމަތާ ކައިރީ ފީނަންގޮސް އުޅެނިކޮށް އިޓަލީގެ ފަތުރުވެރިންތަކެއް މަރުވި ހާދިސާއަށް އިޝާރާތްކޮށް އޭނާ ވަނީ މި ހިތާމަވެރި ހާދިސާގައި ހަ ފުރާނައެއް ވަނީ ގެއްލިފައިކަން ފާހަގަކޮށްފައެވެ. އަދި އޭގެ ތެރޭގައި ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ ޑައިވަރަކުވެސް ހިމެނޭކަން އޭނާ ފާހަގަކޮށްފައިވެއެވެ.

''މި ދަނޑިވަޅަކީ ސޯޝަލް މީޑިއާގައި އަމިއްލަ އެދުން އިސްކުރުމާއި، ދޮގު ޚަބަރު ފެތުރުމާއި، ނުވަތަ މިކަމުގެ ހަގީގަތް ނޭނގި ތިބެ "މާހިރުން" ކަމަށް ހެދިގެން ވާހަކަދައްކަންޖެހޭ ވަގުތެއް ނޫނެވެ. އޮންލައިންކޮށް ބާރަށް އަޑުއުފުލާ ގިނަ މީހުންނަކީ، މިފަދަ ނުރައްކާތެރި ކަނޑު އަޑީގެ މާހައުލުތަކުގެ އެއްވެސް ތަޖުރިބާއެއް ނެތް ނަމަވެސް، ހާދިސާ ހިނގި ގޮތާ މެދު ވަރަށް ޔަގީންކަމާއެކު ވާހަކަދައްކަމުންދާ ބައެކެވެ.'' އޭނާ ލިޔެފައި ވެއެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގެ ކަނޑުއޮޅިތަކާއި ފުން ކަނޑުތަކުގައި ފީނުމާއި އޮޕަރޭޝަންތައް ހިންގުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން، އޭނާ ގަބޫލުކުރާ ގޮތުގައި މިވަގުތު އެންމެ ރަނގަޅު ގޮތަކީ ކެތްތެރިކަން އިސްކުރުންކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އިންސާނިއްޔަތުކަން އިސްކޮށް، ކަމާބެހޭ މާހިރުންނާއި ތަހުގީގީ އިދާރާތަކުން ހަގީގަތް ހާމަކުރަންދެން، އަމިއްލަ ޚިޔާލުތަކާއި ހީތަކުގެ މައްޗަށް ބިނާކޮށް ވާހަކަދެއްކުން ހުއްޓާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް ދެކޭކަމަށް ވެސް ބުނެފަވެއެވެ.

''މިއަދު އަޅުގަނޑުމެން ހަނދާން އާކުރަނީ މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ ހަނދާންތަކެވެ. އެއީ އެބޭފުޅުން ވަކިވެދިޔަ ހިތްދަތި ގޮތުގެ ސަބަބަކުން ނޫނެވެ. އެހެނެއްކަމަކު، އެބޭފުޅުން އުޅުއްވި މާނަފުން ދިރިއުޅުމާއި، ކަނޑަށް އޮތް ލޯތްބާއި، އަދި ޑައިވިންގ އާއިލާގެ ތެރޭގައި އެބޭފުޅުން ދޫކުރެއްވި ފޮނި ހަނދާންތަކުގެ ސަބަބުންނެވެ.'' އޭނާ އިތުރަށް ލިޔެފަވެއެވެ.

އޭނާ ވަނީ މި ހިތާމަވެރި ހާދިސާގެ އަސަރުކުރި އާއިލާތަކަށާއި، ރަހުމަތްތެރިންނަށާއި، އުޅަނދުފަހަރުގެ ފަޅުވެރިންނަށާއި، ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ފަރާތްތަކަށް އަޅުގަނޑުގެ އިޚުލާޞްތެރި ތައުޒިޔާ ފޮނުވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއީ ޑައިވަރުންގެ މަރާއި ގުޅުވައި ހަގީގަތް ނޭނގި ތިބެ "މާހިރުން" ކަމަށް ހެދިގެން ވާހަކަދައްކަންޖެހޭ ވަގުތެއް ނޫން: ތަޖުރިބާކާރު ޑައިވަރެއްޚަބަރު | ގަޑިއިރެއް ކުރިން ގުޅީފަޅު ބޭރުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެޚަބަރު | 10 ދުވަސް ކުރިންލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީޚަބަރު | މަހެއް ކުރިންމަސްދޯންޏެއްގައި ރޯވެ އަނދަނީޚަބަރު | 3 މަސް ކުރިން