logo
Bank of Maldives

Bank of Maldives

ޚަބަރު

އަމީނީ މަގުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރަނީ

އަޙްމަދު ޒަލީފް
14 އޮކްޓޯބަރު 2024 - 12:43
އަމީނީ މަގުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރަނީ

ލޭގެ އަމީނީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ޕަންޕް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެެވެ.

މާލޭގެ ހުޅަނގު ސަރަޙައްދުގައި، އަދި ވެސްޓް ޕާކާއި، އައިޖީއެމްއެޗް ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ފެން ބޮޑުވެ އާންމު ދިރިއުޅުމަށް ދަތިވުމާއިގުޅިގެން، ބައެއް ގެތަކަށް ގެއްލުން ލިބޭތީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވަގުތީ ގޮތުން އެކަން ހައްލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ގުޅުންހުރި ފަރާތްތަކަށް އަންގަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، މިނިސްޓްރީ އޮފް ޑިފެންސް އިސްވެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބައިވެރިވުމާއެކު 10 މެއި 2024 އާރުޑީސީ އާ ޙަވާލުކުރެވުނު މަސައްކަތް ވަނީ ފަށައިފައެވެ.

އަމީނީމަގުގައި ހުރި ފެންހިދާ ނިޒާމުތައް މިހާރު ވަނީ ބަދަލުކުރެވިފައެވެ. އަދި މިހާރު ކުޑަކުދިން މަޤީޗާ ސަރަހައްދުގައި ހުރި ޕަންޕްއާއި ސަލާހުއްދީން ބިލްޑިންކައިރިހުރި ޕާކިން ޒޯނުގާތުގައި ހުރި ފެން ހިންދާ ޕަންޕްއާއި އަދި ސްޓޭޑިއަމް ތެރޭގައިވާ ޕަންޕްވެސް އެއްކޮށް ވަނީ ބަދަލުކުރެވިފައެވެ.

މީގެ ކުރިން އެތަންތަނަށް ގުޅާފައިވަނީ 9 ކިލޮވޮޓުގެ ޕަންޕެވެ. ނަމަވެސް މިހާރު ކޮންމެ ސްޓޭޝަނެއްގައި 20 ކިލޯ ވޮޓުގެ 2 ޕަންޕް ވަނީ ބަހައްޓައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ އަމީނީމަގުގެ މަރާމާތު ކުރަމުންދާ ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންއަމީނީމަގު މަރާމާތުގެ ފުރަތަމަ ސެގްމަންޓްގައި ތާރު އަޅަން ތައްޔާރުވެއްޖެޚަބަރު | 23 ދުވަސް ކުރިންއަމީނީމަގު މަރާމާތު ކުރުމަށް ސާވޭ ކޮށްފިޚަބަރު | 2 މަސް ކުރިންއަމީނީ މަގު ރަނގަޅު ކުުރުމުގެ މަސައްކަތް އަންނަ ހަފުތާ ފަށަނީޚަބަރު | 2 މަސް ކުރިން